ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެއްނަމްބަރު ކީޕަރު އިމްރާން މުހައްމަދު ފުޓްބޯޅަކުޅުން ހުއްޓާލައިފިކަމަށް އޭނާ އިއުލާންކޮށްފިއެވެ.
އޭނާ ނިކަން އިއުލާންކޮށްފައިވަނީ އޭނާގެ ފޭސްބުކް ޕޭޖުގައިކޮށްފައިވާ ޕޯސްޓެއްގައެވެ.
ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގައިވެސް އުފެދުނު އެންމެ މޮޅު އެއްކީޕަރުގެ ފޭސްބުކްގައި ލިޔެފައިވަނީ ފުޓްބޯޅައިން ރިޓައަރ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިއީ އެ ފިޔަވަޅު ނަގަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.
ހަތް ސާފު ޗެމްޕިއަންޝިޕެއްގައިވެސް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އިންމަ ބުނީ ގޯލްކީޕަރުންގެ ގޮތުގައި ޒުވާން ހުނަރުވެރިން ފެނިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
މެދުކެނޑުމެއް ނެތި 17 އަހަރުވަންދެން ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލް ބަލަހައްޓާއިދިން އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2016 ވަނަ އަހަރުއެވެ.
އޭގެފަހުންވެސް ކުލަބު ފެންވަރުގައި ކުޅެފައިވާ އިރު، އެންމެފަހުން އޭނާ ބަލަހައްޓާފައިވަނީ ޓީސީ ސްޕޯޓްސްގެ ގޯލެވެ. ނަމަވެސް މުސާރައިގެ މައްސަލަތަކެއްދިމާވެ، އެކުލަބާއެކު ހަދާފައިވާ އެއްބަސްވުން މިހާރުވަނީ އުވާލާފައެވެ.
ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން ގައުމީ އިނާމު މިއަހަރު ލިބިފައިވާ އިންމަ ފުޓްބާޅައިން ފާހަގަކުރެވުނީ 1999 ވަނަ އަހަރު ކުލަބު އީގަލްސްއިންނެވެ.
އުމުރުން 38 އަހަރުގެ އިމްރާނުގެ ވަނީ ވިކްޓްރީ، ނިއު ރޭޑިއަންޓު، ވީބީ އައްޑޫ އެފްސީ އަދި ޓީސީއަށް ކުޅެ، ގިނަ ކާމިޔާބީތަކެއްވެސް އިމްރާން ވަނީ ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް