އުމުރުން 15 އަހަރުން ދަށުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގާ އުމުރުން 34 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވަނީ މެދުރާއްޖެތެރޭގެ ރަށަކުންނެވެ.
ފުލުހުން ބުނެފައިވާގޮތުގައި ރާއްޖޭގެ މެދުރާއްޖެތެރޭގެ ރަށެއްގައި 15 އަހަރުން ދަށުގެ އަންހެން ކުއްޖަކާމެދު ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގި މައްސަލައއް އިއްޔެ ހެނދުނު 11:00 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
"މި މައްސަލައިގާ ކޯޓު އަމުރެއްގެ ދަށުން 34 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އެމީހާއަކީ އިމިގްރޭޝަން ގާނޫނާ ހިލާފަށް އުޅޭ މީހެއް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް