މެޓް އޮފީހުގެ އަންހެން މުވައްޒަފުންތަކެއްގެ އޮރިޔާން ކާޑު ހަދަން އުޅުނު މައްސަލައެއް ބަލަން ފަށައިފި

ހދ. ހަނިމާދޫގައި ހުންނަ މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސެންޓަރުގެ އަންހެން މުވައްޒަފުންގެ ޗޭންޖިން ރޫމުގައި ވަގަށް ކެމެރާ ހަރުކޮށް އޮރިޔާން ކާޑު ހަދަން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މ...

01 Nov 2019 | 05:27

ހދ. ހަނިމާދޫގައި ހުންނަ މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސެންޓަރުގެ އަންހެން މުވައްޒަފުންގެ ޗޭންޖިން ރޫމުގައި ވަގަށް ކެމެރާ ހަރުކޮށް އޮރިޔާން ކާޑު ހަދަން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވާގޮތުގައި އެ ޗޭންޖިން ރޫމުގައި ސިއްރު ކެމެރާ ހަރުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގައެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު ގާނޫނުލްއުގޫބާތުގައިވާ ގޮތުން، އޮރިޔާން ކާޑު އުފެއްދުމަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އަދަބުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެމެވެ. އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް