ޓްރީޓޮޕް ހޮސްޕިޓަލުގެ ޚިތާނީ ޕެކޭޖު 4000 ރުފިޔާ ކަމަށް ނިންމާ، ނަންނޯޓުކުރުމަށް ހުޅުވާލައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ މިއީ އާސަންދައަށް ކެނޑުމަށް ފަހު، ދައްކަންޖެހޭ ޢަދަދު ކަމަށެވެ. އަދި އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނަން ނޯޓް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މި މަހު 15 ވަނަ ދުވަހު ފަށާ ޚިތާނީ ކޭމްޕުގައި އިސްކޮށް ހަރަކާތްތެރި ވާނީ އޮޕަރޭޝަނަށް ޚާއްސަ ޑޮކްޓަރުންނާއި، ކުޑަކަމުދާ ނިޒާމަށް ޚާއްސަ ޑޮކްޓަރުންނާއި، ހޭނެއްތުން އަދި އައްސި ކުރުމަށް ޚާއްސަ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ދެމުން އަންނަ ޓްރީ ޓޮޕުން މީގެ ކުރިންވެސް ވަނީ ޚިތާނީ ޕެކޭޖް ތަޢާރަފްކޮށް އޭގެ ދަށުން ގިނަ ބަޔަކަށް ޚިދުމަތް ދީފައެވެ.
https://twitter.com/treetophospital/status/1311566656955588608
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް