ޔާމީންގެ ޝަރީއަތުގެ ޙުލާސާ ބަޔާން ހުށައެޅުމުގެ ފަހު އަޑުއެހުން އަވަސްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޙުލާސާ ބަޔާން ހުށައެޅުމުގެ ފަހު އަޑުއެހުން އަވަސްކޮށްފިއެވެ. ޔާމީންގެ މައްޗަށް ދައުވާކުރާ މަނީ ލޯންޑަރިންގެ ޚުލ...

01 Oct 2019 | 07:29

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޙުލާސާ ބަޔާން ހުށައެޅުމުގެ ފަހު އަޑުއެހުން އަވަސްކޮށްފިއެވެ.

ޔާމީންގެ މައްޗަށް ދައުވާކުރާ މަނީ ލޯންޑަރިންގެ ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން މި މަހުގެ 10 ވަނަ ދުވަހު ބާއްވާނެ ކަމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އިއުލާން ކުރިއެވެ.

ނަމަވެސް މިހާރު ވަނީ އެ އަޑުއެހުން ނުވަ ވަނަ ދުވަހު ބާއްވަން އަވަސްކޮށްފައެވެ.

އެގޮތުން ޝަރިއަތުގެ ޚުލާސާ ބަޔާން ހުށަހެޅުމުން މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިންމާލަން ޖެހެއެވެ. އަދި 30 ދުވަސް ތެރޭގައި ހުކުމް ކުރަން ޖެހޭނެއެވެ.

ޔާމީންގެ ޝަރީއަތުގައި ހެކިބަސް ނެގުމުގެ މަރުހަލާ މިދިޔަ ހަފުތާގައި ވަނީ ނިމިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް