ކެމިކަލް ގުދަނުގައި ރޯވި ހާދިސާގައި ދެ ގެއެއް އެއްކޮށް ވަނީ އަނދާ ހުލިވެފައި: އެންޑީއެމްއޭ

ތިލަފުށިގޭގެ ކެމިކަލް ގުދަނުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ދެ ގެއެއް އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިނ...

01 Oct 2019 | 07:23

ތިލަފުށިގޭގެ ކެމިކަލް ގުދަނުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ދެ ގެއެއް އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭއިން ބުނީ ހަތް ގެއަކަށް ސީދާ ގޮތުން އަލިފާނުގެ އަސަރު ކުރި ކަމަށެވެ. އަދި އޭގެތެރެއިން ދެ ގެއެއް އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވާ ކަމަށެވެ. އެއީ ނިގާރަން، އަދި ނެއިބާ ނަމަކަށް ކިޔާ ދެ ގެއެވެ. މި ދެ ގެއަކީ އެގޭގެ ވެރިފަރާތުން ދިރިއުޅެމުން ދިޔަ ދެ ގެ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެތަކުގެ ތެރެއިން އެންމެ ގިނަ އާއިލާ ދިރިއުޅެމުން ދިޔައީ ކަޅުހުރާ ގޭގަ އެވެ. އެ ގޭގައި 11 އާއިލާ ދިރިއުޅެމުން ދިޔަ ކަމަށް އެމްއެންޑީއޭ އިން ބުންޏެވެ. ދެން އެންމެ ގިނަ ބަޔަކު ދިރިއުޅުނު ރަދުވާނިއާ ގޭގައި ހަ އާއިލާއެއް ދިރިއުޅުނެވެ. އެއީ ގޭގެ ވެރިފަރާތުގެ އިތުރުން ކުއްޔަށް ދިރިއުޅުނު ފަސް އާއިލާ އެވެ. އަދޫ ކިޔާ ގޭގައިވެސް ހަ އާއިލާއެއް ދިރިއުޅުނެވެ. އެއީވެސް އެގޭގެ ވެރިފާރާތް ހިމެނޭހެނެވެ.

https://twitter.com/NDMAmv/status/1178896118597316609?s=20

މި ފަހުގެ ތާރީހެއްގައި މާލޭގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހަތަރު ކެމިކަލް ގުދަނެއް ވެސް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ މި ހާދިސާއާ ގުޅިގެން 400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނުއިރު އެކަކު ވަނީ ނިޔާވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް