މަޑިފުށި ބަނދަރު ހެދުމުގެ މަސައްކަތް ނިންމައިފި

ތ. މަޑިފުށީގެ ބަނދަރު ހެދުމުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި، މަޑިފުށީގެ ބަނދަރުގެ މަސައްކަތް ފަށާފައި ވަނީ 2016 ވ...

01 Oct 2019 | 06:55

ތ. މަޑިފުށީގެ ބަނދަރު ހެދުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި، މަޑިފުށީގެ ބަނދަރުގެ މަސައްކަތް ފަށާފައި ވަނީ 2016 ވަނަ އަހަރުގެ މާޗު މަހު 26 ވަނަ ދުވަހުއެވެ.

މަޑިފުށީގެ ބަނދަރުގެ މަސައްކަތް މިދިޔަ މަހުގެ 11 ވަނަ ދުވަހު ވަނީ އެއްޓީސީސި އިން ނިއްމާލާފައެވެ.

އޮގޮތުން އެ މަޝްރޫއުގެ ދަށުން ވަނީ މަޑިފުށީ ބަނދަރު ފުންކޮށް ނެރު ކަނޑާފައެވެ. މީގެ އިތުރުން ދެ ނެރު ބައްތި ހަރުކޮށް 256.03 މީޓަރުގެ ބްރޭކްވޯޓާއާއި 20 މީޓަރުގެ ރިވެޓްމެންޓް އަދި 357 މީޓަރުގެ ކީވޯލް ބްލޮކެއް އަޅާފައިވެއެވެ. އަދި 1010 އަކަ މީޓަރުގެ ހާބަރު ޕޭވްމަންޓް ވެސް އަޅާފައި ވާނެ ކަމަށް އެމްޓީސީސީ އިން މައުލޫމާތުދެއެވެ.

އެމްޓީސީސި އިން ބުނި ގޮތުގައި އެ މަޝްރޫއަކީ 52.96 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް