ބިދޭސީން ދިރިއުޅޭ ގެއަކުން ވައްކަން ކުރަން އުޅުނު ދެ ދިވެހިން ހައްޔަރުކޮށްފި

މާފަންނުގައި ބިދޭސީން ދިރިއުޅޭ ގެއަކުން ވައްކަން ކުރަން އުޅުނު ދެ ދިވެހި ފިރިހެނުން ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ، ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރާއި 29 އަހަރުގެ ދެ ދިވެހި ފިރިހެނުން ކ...

01 Oct 2019 | 06:22

މާފަންނުގައި ބިދޭސީން ދިރިއުޅޭ ގެއަކުން ވައްކަން ކުރަން އުޅުނު ދެ ދިވެހި ފިރިހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރާއި 29 އަހަރުގެ ދެ ދިވެހި ފިރިހެނުން ކަމަށެވެ. އެގޮތުން މި ދެމީހުން ހައްޔަރުކޮށްފައިވަނީ ރޭ މެންދަމު 2:14 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު 27 އަހަރުގެ މީހާ ލައިގެން ހުރި ޖީންސުގެ ފަހަތު ޖީބުން ވަޅިއެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މިއްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް