ފިހާރައެއް ފަޅާލައި ވަކި ލާރި ތަކެއް ވަގަށް ނަގައިފި

ކ.މާލެ ކިނބިގަސް މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ވަކި ލާރި ތަކެއް ވަގަށް ނަގައިފިއެވެ. ފުލުހުން ވިދާޅުވީ، މިއަދު 04:38 ހާއިރު ކިނބިގަސް މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލ...

01 Oct 2019 | 06:00

ކ.މާލެ ކިނބިގަސް މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ވަކި ލާރި ތަކެއް ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ، މިއަދު 04:38 ހާއިރު ކިނބިގަސް މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިފިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން ފުލުހުން ވިދާޅުވީ، މައުލޫމާތު ލިބުމުން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލި ބެލުމުން އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިފާ ކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އެ ސަރަހައްދު ގެ އެއްގެ ކައިރީގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގެ ކައިރީގައި ފިރިހެނަކު މެޓާ ހުސްކުރި ފުޅިއެއްގައި ހުރި ވަކި ލާރި ތަކެއް އޭނާގެ ޖީބަށް އަޅަމުންދާތީ އެމީހާ ހުއްޓުވާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން 29 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން މި މީހާ ބަލާ ފާސްކުރި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 475.75 ރުފިޔާ ފެނިފައިވެއެވެ. އަދި އެ މީހާ ހުރި ދިމާ ބިންމަތިން ރެޑް ބުލް ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރައް ތަޙުޤީޤް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް