ނައިޖީރިއާގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ލާގޮސްގައި ދަރިން ވިއްކާ ފެކްޓަރީ އެއް ރެއިޑް ކޮށް 19 އަންހެނަކު ސަލާމަތްކޮށްފިއެވެ.
ލާގޮސްގެ ފުލުހުން ވިދާޅުވި ގޮތުގައި، ބަޔަކު އެ ޤައުމުގެ އެކި ސަރަޙައްދުތަކުން އަންހެނުންނާއި އަންހެން ކުދިންނަށް ވަޒީފާ ހޯދަދޭނެ ކަމަށް ބުނެ ގެނައުމަށްފަހު އެމީހުން ރަޙިންކޮށް، މާބަނޑު ކޮށް އެ ދަރިން ވިއްކާފައިވެއެވެ.
އެގޮތުން އަންހެން ދަރިން ވިއްކާފައިވަނީ ތިން ލައްކަ އަށެވެ. އަދި ފިރިހެން ދަރިން ވިއްކާފައިވަނީ ފަސް ލައްކަ އަށެވެ.
ލާގޮސްގެ ފުލުހުން ވިދާޅުވީ، އިއްޔެ ރެއިޑް ކޮށްފައިވާ ދަރިން ވިއްކާ ފެކްޓަރީ އިން ސަލާމަތްކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 15 އަހަރާއި 28 އަހަރާ ދެމެދުގެ އަންހެނުނާއި ހަތަރު ކުޑަކުދިންނެވެ.
ހާދިސާއާ ގުޅިގެން 40 އަހަރާއި 54 އަހަރުގެ ދެ އަންހެނުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އިތުރު މީހަކު ދަނީ ހޯދަމުންކަމަށް ލާގޮސްގެ ފުލުހުން މައުލޫމާތުދެއެވެ.
މިފަދަ ދަރިން ވިއްކާ ފެކްޓަރީ ތަކަކީ އިރުމަތި ނައިޖީރިއާގައި އާންމުކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް