މާލޭ ސިޓީ ކައުންސިލް ވިލިމާލެ ސެކްޝަން އޮފީހުގެ ތިޖޫރި ފަޅާލަން ބަޔަކު މަސައްކަތްކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ތިޖޫރި ފަޅާލަން މަސައްކަތްކޮށްފައިވަނީ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަދެއެވެ. އެކަން ރިޕޯޓްކޮށްފައިވަނީ ފަތިހު 05:20ގައި ކަމަށް ފުލުހުން ބުނެއެވެ.
"މިހާތަނަށް ބެލި ބެލުމުން އެ އޮފީހުން އެއްވެސް ފައިސާއެއް އަދި އެއްވެސް އެއްޗެއް ވަގަށް ގެންގޮސްފައެއް ނުވޭ، ތިޖޫރި ހަލާކުކޮށްލަން މަސައްކަތް ކޮށްފައިވީނަމަވެސް ތިޖޫރި ހުޅުވިފައެއް ނުވޭ" ފުލުހުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށާއި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް