ރައްޔިތުންގެ މަޖިލީހުގެ އެކި އެކި ސެކްޝަންތަކުގެ ތަޅުދަނޑިތަކަށް ވީ ނުވީ ގޮތެއް ނޭނގުމުން މުވައްޒަފުންނަށް ސެކްޝަންތަކަށް ނުވަދެވި މަޑުކުރަން ޖެހިއްޖެ އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު ހެނދުނު 08:00 އިން ފެށިގެން މަޖިލީހުގެ މުވައްޒަފުން ތިބީ ސެކްޝަން ތަކަށް ނުވަދެވިފަ އެވެ.
މަޖިލީހުގެ އަމީން އާއްމު ފޯނަށް ޖަވާބު ނުދެއްވާތީ މަޖިލީހުގެ ރަސްމީ ބަހެއް މިކަމުގައި ލިބިފައިނުވިނަމަވެސް ދުވަހަށް މުއުތަބަރު ގޮތަކަށް މައުލޫމާތު ލިބިފައިވާގޮތުގައި ތަޅުދަނޑިތައް ހުންނަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގަ އެވެ. އަދި މިއަދު ތަޅުދަނޑިތައް ހޯދަން ދިއުމުން އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ވެ އެވެ.
މިކަމާއި ބެހޭގޮތުން ބަހެއް ހޯދާލުމަށް އެމްއެންޑީއެފުން ވިދާޅުވީ މިކަމާއި ބެހޭގޮތުން މައުލޫމާތު ދެއްވާނީ މަޖިލީހުގެ އިދާރާއިން ކަމަށެވެ.
ތަފްސީލް އަންނަނީ ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް