ގޫގަލްއިން އެ ކުންފުނީގެ އަމިއްލަ ސްމާޓް ފޯނު، ގޫގަލް ޕިކްސެލް މިދިޔަ އަހަރު ލޯންޗު ކޮށްފައިވާއިރު މި އަހަރު ލޯންޗް ކުރުމަށް ތައްޔާރުވަމުން އަންނަނީ ގޫގަލް ޕިކްސެލް 2 އެކެވެ. ގޫގަލް ލޯންޗިން އިވެންޓް އޮންނާނީ އަންނަ ބުދަ ދުވަހު ކަން ގޫގަލް އިން މިވަނީ ކަށަވަރުކޮށްދީފަ އެވެ.
ތިރީގައި މިވަނީ އެ އިވެންޓުން ފެންނާ ކަމަށް ބެލެވޭ ބައެއް ކަންތައްތަކެވެ.
އައު ޕިކްސެލް ފޯނު
ބައެއް މީޑިއާތަކުން ހާމަކޮށްފައިވާގޮތުގައި އެ އިވެންޓްގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކަށް ވެގެންދާނީ ގޫގަލްގެ އައު ފޯނު ގޫގަލް ޕިކްސެލް 2 އަދި ގޫގަލް ޕިކްސެލް 2 އެކްސް އެލް ލޯންޗު ކުރުމެވެ.
އަޑުތައް ފެތުރިފައިވާގޮތުގައި ޕިކްސެލް 2 އެކްސް އެލް ވެގެންދާނީ ބޮޑު އަޕްގްރޭޑަކަށެވެ. އެގޮތުން ސްކްރީންގެ ޑިޒައިނުން ބޮޑޫ ބަދަލެއް ފެންނާނެ ކަމަށް ބެލެވެ އެވެ.
އެންޑްރޮއިޑް އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި ޕިކްސެލް އައު ފޯނުތައް ވޯޓަރ ރެސިސްޓެންޓް ވާނެ އެވެ. އަދި މި ފޯނުގައި ހެޑްފޯނު ޖެކު ޕޯޓެއް ހިމަނާފައި ނުވާކަމަށްވެސް އަޑުތައް ފެތުރިފައި ވެ އެވެ.
ކްރޯމް ބުކް – މިފަހަރު ޕިކްސެލް ބުކްގެ ނަމުގައި
ގޫގަލް ލެޕްޓޮޕް ސީރީޒް ކްރޯމް ބުކް، މިފަހަރު ލޯންޗު ކުރަނީ ޕިކްސެލް ބުކް ގެ ނަމުގަ އެވެ. މި ލެޕްޓޮޕާއި ބެހޭގޮތުން މާގިނަ ވާހަކަތަކެއް އަދި ތިލަވެފައެއް ނުވެ އެވެ.
ޑޭ ޑްރީމް ވީއާރު އަޕްޑޭޓް
ކުރީ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ގޫގަލް ޑޭ ޑްރީމް ވީއާރުގެ އަޕްޑޭޓެއް ލޯންޗް ކުރާނެ ކަމަށް ބެލެވެ އެވެ. ބޮޑެތި ބަދަލުތަކަކާއެކު މި އުފެއްދުން ލޯންޗް ކުރާނެ ކަމުގައި ބެލެވޭއިރު މިހާތަނަށް ތިލަ ވެފައިވާ މައުލޫމާތު ތަކަށް ބަލާލާއިރު ތިން ކުލައެއްގައި ޑޭޑްރީމް ވީއާރު ލޯންޗް ކުރާނެ އެވެ. އެއީ ޗާކޯލް، ފޮގް އަދި ކޮރަލް ކުލަ އެވެ.
ސަޕްރައިޒް !؟
ގޫގަލް މަޝްހޫރުވެފައި އޮންނަނީ ސޮފްޓްވެއަރ ކުންފުންޏެއްގެ ގޮތުގަ އެވެ. ހާޑްވެއަރ މާކެޓަށް ގޫގަލް އިން ވަނީ ދާދި ފަހުންނެވެ. އެހެންކަމުން މި އިވެންޓްގައި ސަޕްރައިޒިންގ ސޮފްޓްވެއަރ އެއް ފެނިގެން ދިއުން އެކަށީގެންވާކަމަށް މި އިވެންޓަށް އިންތިޒާރުކުރާ ގިނަ ބަޔަކު ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް