ދަތުރު ކުރަމުންދިޔަ ފްލައިޓެއްގެ އިންޖީނުން ބައެއް ނެއްޓުމުން އެމަޖެންސީގައި ލޭންޑް ކޮށްފި

ޕެރިސް އިން ފުރައިގެން ދަތުރުކުރި އެއަރ ފްރާންސްގެ ފްލައިޓެއް އުދުހެމުން ދަނިކޮށް ފްލައިޓްގެ އިންޖީނުން ބައެއް ނައްޓައިގެން ދިއުމުން އެމަޖެންސީގައި ލޭންޑް ކޮށްފި އެވެ. އުދުހެމުން ދަނިކޮށް ނައްޓާފައިވަ...

30 Sep 2017 | 22:16

ޕެރިސް އިން ފުރައިގެން ދަތުރުކުރި އެއަރ ފްރާންސްގެ ފްލައިޓެއް އުދުހެމުން ދަނިކޮށް ފްލައިޓްގެ އިންޖީނުން ބައެއް ނައްޓައިގެން ދިއުމުން އެމަޖެންސީގައި ލޭންޑް ކޮށްފި އެވެ.

އުދުހެމުން ދަނިކޮށް ނައްޓާފައިވަނީ އެއަރ ފްރާންސްގެ އެއާބަސް އޭ380 މަރުކާގެ އޭއެފް 66 ފްލައިޓްގެ އެއް ބުރަފަތީގެ ކަވަރެވެ. މި ފްލައިޓް އެމަޖެންސީފައި ޖައްސާފައިވަނީ ގޫސް ބޭ އެއާޕޯޓަށެވެ.

އެއަރ ފްރާންސުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވުމުން އެ ފްލައޓް އެމަޖެންސީގައި ގޯސް ބޭ އަށް ޖައްސާފައިވާކަމަށާއި ހުރިހާ ޕަސިންޖަރުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް