ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގައި މަންމަގެ ބައިވެރިވުން އޮތްތޯ ބަލަނީ

ސައުތު ސެންޓްރަލް ޕޮލިސް ސަރަޙައްދުގެ ރަށެއްގައި ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް އެ މަންޒަރު ރެކޯޑުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބައްޕައާ އެކު އެ ކުށުގައި ކުއްޖާގެ މަން...

01 Sep 2026 | 11:02
ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގައި މަންމަގެ ބައިވެރިވުމެއް ވޭތޯ ފުލުހުން ދަނީ ތަހުގީގު ކުރަމުން --

ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގައި މަންމަގެ ބައިވެރިވުމެއް ވޭތޯ ފުލުހުން ދަނީ ތަހުގީގު ކުރަމުން --

ސައުތު ސެންޓްރަލް ޕޮލިސް ސަރަޙައްދުގެ ރަށެއްގައި ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް އެ މަންޒަރު ރެކޯޑުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބައްޕައާ އެކު އެ ކުށުގައި ކުއްޖާގެ މަންމަގެ ބައިވެރިވުމެއް ވޭތޯ ތަޙުޤީޤުގެ ތެރެއިން ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނެކެވެ. ހަމަ އެ ދުވަހު ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ ބަންދު މުއްދަތެއް ވަނީ ޖަހައިފައެވެ.

މި ކުށުގައި ކުއްޖާގެ މަންމަ ވެސް ޝާމިލުވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. އެ ތުހުމަތުތަކާ ގުޅިގެން އެކަމުގައި މަންމަގެ ބައިވެރިވުމެއް އޮތީ ކިހާ މިންވަރަކަށްތޯ ތަޙުޤީޤުން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފެމިލީ އެންޑް ވެލްފެއާ ހިމެނޭ ގޮތުން ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ހާލަތު ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާތީ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް