ގަވައިދާ ހިލާފަށް ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ކުންފުންޏެއްގެ އޮފީހަކަށް ފުލުހުން ވަދެއްޖެ

ގަވައިދާ ހިލާފަށް ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ކުންފުންޏެއްގެ އޮފީހަކަށް ފުލުހުން ވަދެއްޖެ އެވެ. ފުލުހުން ސޯޝަލް މީޑިއާގައި މިއަދު ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކް...

01 Sep 2026 | 06:15
ހުސައިން އާދަމް ބިލްޑިން --

ހުސައިން އާދަމް ބިލްޑިން --

ގަވައިދާ ހިލާފަށް ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ކުންފުންޏެއްގެ އޮފީހަކަށް ފުލުހުން ވަދެއްޖެ އެވެ.

ފުލުހުން ސޯޝަލް މީޑިއާގައި މިއަދު ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާކަމުގެ ތުހުމަތު ކުރެވެނީ ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ.

އެ ކުންފުނީގެ ބޭރު ފައިސާގެ ވިޔަފާރި ހިންގުމަށް ބޭނުންކުރާ ބޭންކު އެކައުންޓްތައް މިހާރު ފްރީޒް ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމަށްޓަކައި މ.ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިޔަށް ގެންދާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި އޮޕަރޭޝަން ކުރިޔަށް ގެންދާއިރު ގާނޫނާއި ގަވާއިދާ ހިލާފަށް ހުއްދަ ނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދައި ދެނެގަނެ، އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާގުޅޭ މުއައްސަސާތައް ގުޅިގެން ހާއްސަ ޓާސްކްފޯސްއެއް ވަނީ އެކުލަވާލާފައި އެވެ.

އެ ޓާސްކް ފޯސްއިން ކުރަމުންދާ މަސައްކަތުގެ ދަށުން އިއްޔެ ވަނީ ޑޮލަރު މާރުކޮށް ވިއްކުމުގެ ވިޔަފާޜި ގަވައިދާ ހިލާފަށް ކުރަމުން ދިޔަ ހަ ބިދޭސީއަކުވެސް ހައްޔަރު ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް