ހުޅުމާލޭ ހޮސްޕިޓަލް --
އަމާން އުދަރެސް ޓަވަރު ދޭކުން އިއްޔެ ވެއްޓުނު ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެފި އެވެ.
މިހާދިސާ ހިނގީ އިއްޔެ ހެނދުނު 11:00 ހާއިރު އެވެ. އެ ޓަވަރުގެ ތިން ވަނަ ފަންގިފިލާއިން ވެއްޓުނީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖެކެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މީޑިއާގައި ވިދާޅުވީ ކުއްޖާއަށް ސީރިއަސް އެއްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ. އަދި ހާލު ސްޓޭބަލް ކަމަށް ވިދާޅުވި އެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ސޯޝަލް މީޑިއާގައި ކުއްޖާ ވެއްޓިފައި އޮއްވަ ނަގާފައިވާ ވީޑިއޯއެއް ވަރަށް ބޮޑަށް ދައުރުކޮށްފައިވެ އެވެ. އެކަމާ ގުޅިގެން ފުލުހުން ވަނީ ވީޑިއޯ ދައުރު ނުކުރުމަށް އިލްތިމާސް ކޮށްފައި އެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް