ގދ. ތިނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވަ ފެނިއްޖެ

ގދ. ތިނަދޫ ސިޓީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ. ފުލުހުން ބުނީ ފުލުހުންނަށް އެކަން ރިޕޯޓު ކުރީ ރޭ ފަތިހު 4:11 ހާއިރު ކަމަށެވެ. މަރުވެފައި އޮއްވަ ފެނުނީ އެ ރަށުގައި މަސައްކަތް ކުރާ ބަންގްލަދޭޝ...

01 Sep 2026 | 05:35
ގދ. ތިނަދޫ -- ފޮޓޯ: އެމްޓީސީސީ

ގދ. ތިނަދޫ -- ފޮޓޯ: އެމްޓީސީސީ

ގދ. ތިނަދޫ ސިޓީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ފުލުހުންނަށް އެކަން ރިޕޯޓު ކުރީ ރޭ ފަތިހު 4:11 ހާއިރު ކަމަށެވެ. މަރުވެފައި އޮއްވަ ފެނުނީ އެ ރަށުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ 27 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އޭނާ މަރުވެފައި އޮއްވަ ފެނުނީ އެ ސިޓީގެ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅުމަށް ހަދާފައިވާ ތަނެއްގެ ތެރޭގައި އެވެ.

އެ މީހާ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް