ރެޑްވޭވް ހަފްތާސޭލް ވަރަށް ކާމިޔާބު – ކޮންމެ ހަފްތާއަކު 10،000ރ ގެ ފައިސާގެ އިނާމް

ރެޑްވޭވުން ޖުލައި މަހުގެ ފަހު ހަފްތާއިން ފެށިގެން ކުރިއަށްގެންދާ "ރެޑްވޭވް ހަފްތާ ސޭލް"އަކީ ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ، ވަރަށް ކާމިޔާބު ޕްރޮމޯޝަނެއްކަމުގައި ރެޑްވޭވުން މައުލޫމާތު ދީފިއެ...

01 Sep 2019 | 12:49

ރެޑްވޭވުން ޖުލައި މަހުގެ ފަހު ހަފްތާއިން ފެށިގެން ކުރިއަށްގެންދާ "ރެޑްވޭވް ހަފްތާ ސޭލް"އަކީ ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ، ވަރަށް ކާމިޔާބު ޕްރޮމޯޝަނެއްކަމުގައި ރެޑްވޭވުން މައުލޫމާތު ދީފިއެވެ.

މިޕްރޮމޯޝަން މާލެ އަދި ހުޅުމާލޭގައި ޤާއިމް ކުރެވިފައިވާ ރެޑްވޭވް ގެ ހުރިހާ ފިހާރައެއްގައި ކުރިއަށްދާއިރު ކޮންމެ ހަފްތާއަކު ތިންފަރާތެއް ޤުރުއަތުންދަނީ ހޮވަމުންނެވެ. "ރެޑްވޭވް ހަފްތާ ސޭލް"ގައި ކޮންމެ ހަފްތާއެއްގެ އާދިއްތައިން ބުދައަށް، 100ރ މަތީގެ  ކޮންމެ ބިލެއް ހައްދަވާ ކަސްޓަމަރަކަށް ނަސީބު އަގުވަޒަންކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. އެގޮތުން 1ވަނަ އަށް 5،000ރ، 2ވަނަ އަށް 3،000ރ އަދި 3ވަނަ އަށް 2،000ރ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ހަތަރު ހަފްތާގެ ނަސީބުވެރިންނަށްވަނީ ފައިސާގެ އިނާމް ހަވާލުކުރެވިފައެވެ. އަދި އިނާމް ލިބޭފަރާތްތައް ދަނީ ރެޑްވޭވްގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި ފޮޓޯއާއިއެކު އިއުލާން ކުރެވެމުންނެވެ.

މީގެއިތުރުންވެސް ހަފްތާ ސޭލްގައި ކުރިއަށްދާ ކްލިއަރެންސް ސޭލްތަކަށް ވެސް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބިގެންދާކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ. ރެޑްވޭވްގެ އިލްތިމާސަކީ ވީހާވެސް ގިނަ ކަސްޓަމަރުން ރެޑްވޭވްގެ ފިހާރަތަކަށް ވަޑައިގެން، ހަފްތާ ސޭލްގައި ބައިވެރިވެ ނަސީބު އަގުވަޒަން ކުރެއްވުމެވެ. ހަފްތާ ސޭލް ކުރިއަށްދާގޮތަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް ކަސްޓަމަރުންގެ ފަރާތުން ލިބިގެންދާ ތަރުހީބަށް ބެލުމަށްފަހު ޕްރޮމޯޝަންގެ މުއްދަތު އިތުރުކުރެވިގެންދާނޭ ކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް