މަކިޓާ ހެއްޔާ މުބާރާތް 2019 ގެ ނަމުގައި އެސްޓީއޯއިން މުބާރާތެއް ފަށައިފި

"މަކިޓާ ހެއްޔާ މުބާރާތް 2019" ގެ ނަމުގައި އެސްޓީއޯއިން އާންމުކޮށް ހުޅުވާލައިގެން މުބާރާތެއް ފަށައިފިއެވެ. އެސްޓީއޯއިން ބުނެފައިވާގޮތުގައި މި މުބާރަތަކީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަނ...

01 Sep 2019 | 12:04

"މަކިޓާ ހެއްޔާ މުބާރާތް 2019" ގެ ނަމުގައި އެސްޓީއޯއިން އާންމުކޮށް ހުޅުވާލައިގެން މުބާރާތެއް ފަށައިފިއެވެ.

އެސްޓީއޯއިން ބުނެފައިވާގޮތުގައި މި މުބާރަތަކީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެން ދާނެ މުބާރާތެކެވެ.

"މި  މުބާރާތުގެ ނަމަކީ "މަކިޓާ ހެއްޔާ މުބާރާތް 2019" އެވެ. މި މުބާރަތަކީ މަކިޓާ ހެއްޔާ ޕުރޮމޯޝަންއާއި ގުޅުވައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއައް ގެންދާ މުބާރާތެކެވެ. މި މުބާރާތް ހުޅުވައި ލެވިފައިވަނީ މުޅި ރާއްޖެއަށެވެ. މި މުބާރަތުގައި ބައިވެރި ކުރާ ތަކެތީގެ ވީޑިޔޯ އެއް ކޮންމެ މަސައްކަތްތެރިޔަކު ވެސް ހުށައަޅަން ޖެހެއެވެ. އަދި މި މުބާރަތުގައި ބައިވެރި ކުރާ ތަކެތި އާންމުންނަށް ދައްކާލުމުގެ މައުރަޒެއް ވެސް އޮންނާނެއެވެ. މީގެ އިތުރުން ކުރިޔަށް ގެންދެވޭ މަކިޓާ ހެއްޔާ ޕްރޮމޯޝަންގައި 25 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިޔަށް ގެންދާނީ 1 ސެޕްޓެމްބަރުން 31 އޮކްޓޯބަރުގެ ނިޔަލަށެވެ.ކޮންމެ 500 ރުފިޔާއަކަށް ކޫޕަނެއް ލިބިގެންދާއިރު މި ޕްރޮމޯޝަންގައި ކޮންމެ މަހަކު ނަސީބުވެރިފަރާތެއް ހޮވާނެއެވެ. ގުރުއަތުން ހޮވޭ ފަރާތަކަށް 50،000 ހާސްރުފިޔާގެ އަގުހުރި އިނާމު ކަނޑައެޅިފައިވެއެވެ." އެސްޓީއޯއިން ބުނެފައިވެއެވެ.

މި މުބާރާތުގެ މަގުސަދަކީ، ވަޑާމުގެ މަސައްކަތަކީ ދިވެހިން އިހުޒަމާނުއްސުރެ ކުރަމުންދާ މަސައްކަތަކަށް ވެފައި އަދި ވާދަ ވެރި މާހައުލެއް ގައި މަސައްކަތްތަށް އެއްފުރާޅެއްގެ ދަށުންދާކާލުމުގެ ފުރުސަތު މަސައްކަތްތެރިންނަށް ލިބިގެން ދިއުން ކަމުގައި އެސްޓީއޯއިން ބުނެއެވެ. އަދި އެސްޓީއޯ ގެ މަގުސަދަކީ މިދާއިރާއިން ވީހާވެސް ގިނަ ފަންނުވެރިން މުޖުތަމުއުއަށް ނެރެދިނުން ކަމަށާއި ހަމަ އެހެންމެ އެފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދިނުން ކަމުގައިވެސް އެސްޓީއޯއިން ބުނެއެވެ.

-----------------------------------------------------

އެސްޓީއޯގެ މި މުބާރާތުގެ ގާވާއިދު

  1. މުބާރަތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށެވެ.
  2. މުބާރާތުގައި ބައިވެރި ކުރާތަކެތި ފަރުމާކުރަން ޖެހޭނީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެންނެވެ.
  3. މުބާރާތުގައި މަކިޓާ ޓޫލްސް ބޭނުންކުރަން ވާނެއެވެ.
  4. މުބާރާތުގައި ބައިވެރި ކުރާ އައިޓަމް ފަރުމާކުރަން ވާނީ އެއްމެ ބޮޑުވެގެން 4ފޫޓް 4ފޫޓް އަށް ވުރެ ބޮޑުނުވާގޮތަކަށެވެ.
  5. މުބާރާތުގައި ފަރުމާކުރާ ކޮންމެ އައިޓަމެއްގެ 1 މިނެޓްގެ ވީޑިއޯއެއް ހުށައަޅަންވާނެއެވެ.(މި ވީޑިޔޯގައި މަކީޓާ ޕަވާޓޫލްސް ބޭނުންކުރާ ތަންފެނިގެންދާންޖަހޭނެއެވެ)
  6. މި މުބުރާތުގެ ބައިވެރިން ކުރާ ވީޑިއޯ 720 ޕީ ކޮލިޓީގެ (އެޗް ޑީ) އަށް ވުރެ ދައްވެގެންނުވާނެއެވެ.
  7. މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށައަޅާ ފޯމް 8 ސެޕްޓެމްބަރ 2019 ވާ ޢާދިއްތަ ދުވަހުގެ 22:00 ގެ ކުރިން ހުށައަޅަންޖެހެނޭއެވެ.
    1. ރަޖިސްޓޮރޭޝަން ފޯމް އެސްޓީއޯ ހޯމް އިމްޕޮރޫވްމެންޓްގެ އިތުރުން އެސްޓީއޯ ވެބްސައިޓުން ވެސް ޑައުންލޯޑްކުރެވޭނެއެވެ.
    2. ރަޖިސްޓްރޭޝަން ފޯމް ހުށައެޅޭނެ ގޮތްތަށް:
    3. ވައިބާ: 7431007
    4. އީމެއިލް: [email protected]
    5. ހޯމް އިމްޕޮރޫވްމެންޓް ކައުންޓަރަށް.
  8. މި މުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާ ކުރުމަށާއި ހުށައެޅުމަށް އެއްމަސްދުވަހުގެ މުދަތެއް ލިބޭނެއެވެ. (8 ސެޕްޓެމްބަރ 2019 އިން 8 އޮކްޓޯބަރ 2019 އަށް).
  9. އައިޓަމް އަދި ވީޑިއޯ އެސްޓީއޯ އަށް ހުށައަޅަންޖެހޭ އެންމެ ފަހު ތާރީހަކީ 9 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގައެވެ.
  10. ތައްޔާރު ކުރެވިފައިވާ ތަކެތި އެސްޓީއޯ ގެ ފޭސްބުކް ޕޭޖްގައި ވީޑިޔޯ އަޕްލޯޑް ކުރާނީ އެސްޓީއޯއިންނެވެ.
  11. ކޮންމެ މީހަކަށްވެސް ބައިވެރި ކުރެވެނީ އެންމެ އައިޓަމެވެ.
  12. މުބާރާތުގެ ވަނަ ހޮވަން ހަމަޖެހިފައިވަނީ
    1. އާމުންގެ %50 (ފޭސްބުކް ލައިކްއަށް ބެލުމަށްފަހު)
    2. ޖަޖުންގެ %50
  13. މުބާރާތުގައި ބޭނުން ކުރާ ވީޑިއޯތަށް މަކިޓާ އިސްތިހާރު ކުރުމަށް އެސްޓީއޯ އިން ބޭނުންކުރެވޭނެއެވެ.
  14. މުބާރާތުގައި ފަރުމާކުރެވިފައިވާ އައިޓަމް އެމީހެއްގެ އަމިއްލަ މަސައްކަތުން ފަރުމާކޮއްފަވާ އައިޓަމަކަށް ވާންޖެހޭނެއެވެ. އެހެންފަރާތެއްގެ މަސައްކަތެއް މުބާރާތުގައި ބައިވެރި ކޮށްފައިވާކަން އެސްޓީއޯއަށް ސާބިތުވެއްޖެ ހިނދެއްގައި އެ އައިޓަމްއެއް މުބާރާތުން ވަކިކުރެވޭނެއެވެ.

ނޯޓް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ފލކ އެއްވެސް މުވައްޒަފަކައް މިމުބާރާތުގައި ބައިވެރި އެއް ނުވެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް