ވެމްކޯ މުވައްޒަފަށް ހަމަލާ ދިން މީހާ އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވުމުން ހައްޔަރުކޮށްފި

ވެމްކޯގެ މުވައްޒަކަށް ހޮޅިބުރިއަކުން މީހަކު ހަމަލާދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެ ވައިރަލްވެފައިވާއިރު، އެ ހަމަލާދިން މީހާ އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފިއެވެ. މީޑ...

01 Sep 2019 | 11:37

ވެމްކޯގެ މުވައްޒަކަށް ހޮޅިބުރިއަކުން މީހަކު ހަމަލާދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެ ވައިރަލްވެފައިވާއިރު، އެ ހަމަލާދިން މީހާ އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އޭނާ ހައްޔަރުކުރީ، އޭނާ ހައްޔަރުކުރުމަށް ރޭގައި ކޯޓު އަމުރެއް ހޯދައި، އޭނ ހޯދުމުގެ މަސައްކަތް ކުރަނިކޮށް އޭނާ އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވުމުން ކަމަށެވެ.

"މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް" ފުލުހުން ބުނެފައިވެއެވެ.

އިއްޔެ ވައިރަލްވި ވީޑިއޯއިން ފެންނަނީ ވެމްކޯގެ މުވައްޒަފަކަށް މީހަކު އެތައް ފަހަރަކު، ޕްލާސްޓިކް ހޮޅިއަކުން ހަމަލާ ދޭ މަންޒަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް