ލަންކާގެ ބޮޑު ވަޒީރު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދުކުރަނީ

ސްރީލަންކާގެ ޕްރައިމް މިނިސްޓަރު، ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާއި ގުޅިގެން މާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމައިދިއެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަން ހަމަޖެ...

01 Sep 2019 | 07:29

ސްރީލަންކާގެ ޕްރައިމް މިނިސްޓަރު، ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާއި ގުޅިގެން މާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމައިދިއެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 2 ވަނަ ދުވަހުއެވެ.

ފުލުހުން ވިދާޅުވިގޮތުގައި ބައެއް މަގުތައް ބަންދުކުރަން ނިންމެވީ ސެކިއުރިޓީ ބެލެހެއްޓުމަށެވެ.

އެގޮތުން މިމަހުގެ ދެވަނަ ދުވަހު 8:00 އިން 14:00 އަށް ބައެއް މަގުތައް ބަންދުކުރެވޭނެއެވެ.

ސެޕްޓެމްބަރު 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓް ނިމެންދެން 8:00 އިން ފެށިގެން ބައެއް މަގުތައް ބަންދުކުރާނެއެވެ.

ރަނިލް ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރި ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނު ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު 9:30 ގައެވެ.

ރައީސުލްޖުމްހޫއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުރެ ދައުވަތަކަށް ރަނިލް ކުރައްވާ މި ދަތުރުފުޅުގައި، ލަންކާގެ ބޮޑުވަޒީރުގެ އިތުރުން، އަނބިކަނބަލުން ޕްރޮފެސަރ މައިތިރީ ވިކްރަމަސިންހަ އާއި އެ ޤައުމުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް