އެމްޑީޕީއަށް މައްސަކަތް ކޮށްދިން އެންމެންނަށް ސަރުކާރުން ވަޒީފާ ނުދެވޭނެއޭބުނެ އިއްޔެ ދެއްކި ވާހަކަ އޮތީ ވަރަށް ބޮޑަށް އޮޅިފައި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅިވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިއްޔެ ދެއްކި ވާހަކަ އޮތީ ވަރަށް ބޮޑަށް އޮޅިފައި ކަމަށާއި، އެއީ ބަހުރުވަ ހުރިގޮތުން އޮޅުނު އޮޅުމެއް ކަމުގައެވެ. ބުނަން ބޭނުންވީ އެންމެންނަށް ސަރުކާރުން ވަޒީފާ ހަމަޖެއްސުމަކީ ވާނޭ ކަމެއް ނޫން ކަމުގައި ކަމަށެވެ.
"އެއީ ވަޒީފާއެއް ހަމަޖެހެން ޖެހޭނީ ސިޔާސަތުތައް ހިންގައިގެން އުފެދޭ ދެމެހެއްޓެނިވި ވަޒީފާއެއްކަން ފާހަގަ ކުރުމަށް ދެންނެވި ނުކުތާއެއް" އެމަނިކުފާނުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އެމްޑީޕީ ޔޫތް ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ސަރުކާރުން ވަޒީފާ ދީގެން އެންމެން ނުގެންގުޅެވޭނެ ކަމަށެވެ. އެމަނިފާނުގެ އެވާހަފުޅުތަކަށް ވަނީ މައާފަށް އެދިވަޑައިގެންފައެވެ.
https://twitter.com/MohamedNasheed/status/1168044541452025856
"ޕެޕާ ސްޕްރޭ ޖެހި އެންމެނަށް ކޮންމެވެސް ގޮތެއް އޮތުމަކީ ބޭނުންތެރި ކަމެއް. އަޅުގަނޑަށް އަނެއްކާވެސް އެވަނީ ވަރަށް ލަދުވެތި ވާހަކައަކަށް. ތިމަންނާ އެވެނި ކަމެއް ކުރީމޭ. އެހެން ހެދީމޭ. ތިމަންނައަށް ނެތޭ އެއްވެސް ކަމެއް. އަޅުގަނޑުމެން ބޭނުމެއް ނޫން އޭނާއަށް ކަމެއް ނެތި އޮންނާކަށް. އެކަމަކު އޭނާގެ ކަމެއް އޭނާ ކަމެއް ހޯދުން. ކަމެއްގެ ތެރެއަށް ނުކުތުން." އިއްޔެގެ ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް