މިދިޔަ ހަފްތާގައި އެކަނިވެސް658 އުޅަނދުގައި ސްޓިކާ ޖަހާފައި ވާނެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން ނެރުނު މިދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ޖުމްލަ 487 ވެހިކަލެއް ވަނީ ބަލާ ފާސްކޮށްފައެވެ. އަދި 658 އުޅަނދެއްގައި ވަނީ ޕާކިންގ ވައޮލެންސް ސްްޓީކާ ޖަހާފައެވެ.
މިދިޔަ ހަފްތާގައި އެކަނިވެސް ވަނީ ޖުމްލަ51 އެކްސިޑެންޓެއް ހިނގާފައެވެ. މީގެ އިތުރުން45 އުޅަނދެއް ވަނީ ޓޯ ކޮށްފައެވެ.
ގަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް