ހިލަތަކެއްގެ މައްޗަށް މީހަކު ވެއްޓި ހާލު ސީރިއަސްވެފައި

އައްޑޫ ސިޓީ ހިތަދޫ ޕޯޓް ސަރަހައްދުން ސައިކަލެއްގައި ދިޔަ މީހަކު ހިލަތަކުގެ މައްޗަށް ވެއްޓި ހާލު ސީރިއަސްވެއްޖެއެވެ. މިއަދު 8:01 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވީ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނަ...

01 Sep 2019 | 05:24

އައްޑޫ ސިޓީ ހިތަދޫ ޕޯޓް ސަރަހައްދުން ސައިކަލެއްގައި ދިޔަ މީހަކު ހިލަތަކުގެ މައްޗަށް ވެއްޓި ހާލު ސީރިއަސްވެއްޖެއެވެ.

މިއަދު 8:01 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވީ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ފުލުހުން ވިދާޅުވީ، ހޮސްޕިޓަލުން މައުލޫމާތުދިން ގޮތުގައި އެމީހާގެ ހާލު ސީރިއަސް ކަމަށާއި، އެމީހާއަށް މިހާރު ދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ކަމަށެވެ.

އިތުރު ފަރުވާއަށް އެމީހާ މާލެ ފޮނުވުމުގެ މަސައްކަތްވެސް އެ ހޮސްޕިޓަލުން މިހާރު ދަނީ ކުރަމުންނެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް