ޒުވާނުންނަށް އަމާން މާހައުލެއް ކަށަވަރުކޮށްދިނުމަށް ފުލުހުންނަށް ހަނދާންކޮށްދެން: ފައިސަލް ނަސީމް

ކެމްޕޭނު ޖަގަހަތައް ދޫކޮށް ޒުވާނުންނަނަށް އަމާން މާހައުލެއް ކަށަވަރުކޮށްދިނުމަށް ފުލުހުންނަށް ހަނދާންކޮށްދެއްވާކަމުގައި އިދިކޮޅޮ ކޯލީޝަންގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފ...

01 Sep 2018 | 12:28

ކެމްޕޭނު ޖަގަހަތައް ދޫކޮށް ޒުވާނުންނަނަށް އަމާން މާހައުލެއް ކަށަވަރުކޮށްދިނުމަށް ފުލުހުންނަށް ހަނދާންކޮށްދެއްވާކަމުގައި އިދިކޮޅޮ ކޯލީޝަންގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ފައިސަލް ވިދާޅުވެފައިވަނީ އިންތިހާބީ ކެމްޕޭނު ޖަގަހަތައް ދޫކޮށް، ގައުމުގެ ޒުވާނުންނަށް އަމާން މާހައުލެއް ކަށަވަރުކޮށްދިނުމަށް ފުލުހުންނަށް ހަނދާންކޮށްދޭ ކަމަށާއި ރޭގަ މާރާމާރީގައި މި ދުނިޔެ ދޫކޮށްދިޔަ ޒުވާނާއަށް ހެޔޮ ރަހުމަތް ލެއްވުންއެދި ދުއާކުރައްވާކަމަށެވެ.

ފައިސަލް މިހެން ވިދާޅުވެފައިވާއިރު ކެމްޕޭނު ދަތުރުފުޅުތަކުގައި ރައީސް ޔާމީން ބައެއް ރަށްރަށަށް ވަޑައިގެންނެވުމުގެ ކުރިން އެ ރަށެއްގެ އެމްޑީޕީ ޖަގަހަ ފުލުހުންގެ ބެލުމުގެ ދަށުން ބަންދުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް