ޑރ.ޝަހީމް ކެމްޕޭން ދަތުރުފުޅެއްގައި ހދ އަދި ށ އަތޮޅަށް ވަޑައިގަންނަވަނީ

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއިން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ކެމްޕޭން ކުރެއްވުމަށް ހދ އަދި ށ އަތޮޅުގެ ރަށްތަކަށް ވަޑައިގަ...

01 Sep 2018 | 06:31

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއިން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ކެމްޕޭން ކުރެއްވުމަށް ހދ އަދި ށ އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕޭން ޓީމުން ހާމަކޮށްފި އެވެ. މިދަތުރުފުޅުގައި މިއަދު މެންދުރުފަހު ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.ހދ އަދި ށ އަތޮޅުގެ ރަށްތަކަށް ކުރައްވާ މިދަތުރުފުޅުގައި ށ އަތޮޅުގެ ތިން ރަށަކަށް އަދި ހދ އަތޮޅުގެ އަށް ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އެމަނިކުފާނުގެ ކެމްޕޭން ޓީމުން މައުލޫމާތު ދެެއެވެ   .

ޑރ.ޝަހީމް ކެމްޕޭން ކުރެއްވުމަށް އެންމެ ފަހުން ވަޑައިގެންނެވީ ލ އަތޮޅުގެ ރަށްތަކަށެވެ. އޭގެކުރިން ފުވައްމުލަކާއި ގދ ތިނަދޫގައިވެސް ޑރ.ޝަހީމް ވަނީ ކެމްޕޭން ގެ ހަރަކާތްތަކެއް ކުރިޔަށް ގެންދަވާފައެވެ.

ރިޔާސީ އިންތިޚާބު މިމަހުގެ 23 ވަނަ ދުވަހު އޮންނައިރު މިއިންތިޚާބަށް ކެމްޕޭން ކުރުން ފޯރިއާއެކު ކުރިޔަށް ދެއެވެ. އެގޮތުން އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން މިވަގުތުވެސް ތިއްބެވީ ރަށްރަށުގައި ކެމްޕޭން ކުރެއްވުމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް