ބޭންކް އޮފް މޯލްޑިވްސްގެ ހިދުމަތްތަކަށް ދިމާވި މައްސަލަ ހައްލުކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ބައެއް ހިދުމަތްތަކަށް ރެއިން ފެށިގެން ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށްފިއެވެ. މިކަމާއި ބެހޭގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ރޭ 11:00 ހާއިރު ބުނެފައިވަނީ އޭޓީއެމް ނެޓްވޯ...

01 Sep 2018 | 03:00

ބޭންކް އޮފް މޯލްޑިވްސްގެ ބައެއް ހިދުމަތްތަކަށް ރެއިން ފެށިގެން ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށްފިއެވެ.

މިކަމާއި ބެހޭގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ރޭ 11:00 ހާއިރު ބުނެފައިވަނީ އޭޓީއެމް ނެޓްވޯކާއި، އިންޓަނެޓް ބޭންކިން އަދި ޕޭމެންޓް ގޭޓްވޭގެ އިތުރުން ޑޮލަރު ޕޯޓަލް ހިދުމަތް މެދުކެނޑިފައިވާކަމަށެވެ. އެގޮތަށް ދިމާވެފައިވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމުގައިވެސް ބުނެފައިވެއެވެ.

މި މައްސަލަތައް ހައްލުކޮށް މިއަދު 07:57ގައި ބޭންކުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ދިމާވި މައްސަލަ ހައްލުކުރެވިއްޖެކަމަށާއި ކަސްޓަމަރުންގެ ކެތްތެރިކަމަށްޓަކައި ޝުކުރުއަދާކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް