ފުރާވަރު އުމުރުގެ ކުދިންގެ ތެރެއިން ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖެއްގެ ނިދި ސޯޝަލް މީޑިއާގެ އަވާގައި ޖެހި ހަލާކުވަމުންދާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
މިއީ ރާއްޖޭގައި ބޮޑުވަމުން އަންނަ ފުރާވަރު ކުދިންވެސް ވިސްނާލުން މުހިންމު ކަމެކެވެ.
އިނގިރޭސިވިލާތުގެ ވޭލްސް އިންސްޓިޓިއުޓް ފޯ ސޯޝަލް އެންޑް އިކޮނޮމިކް ރިސާޗުން ކުރި ދިރާސާއެއްގެ ނަތީޖާގައި ބުނެފައިވަނީ ފުރާވަރު އުމުރުގެ ކުދިން ކޮންމެ ރެއަކު ތިން ފަހަރަށްވުރެ ގިނައިން ސޯޝަލް މީޑިއާ މެދުވެރިކޮށް މެސެޖެއް ނުވަތަ އަޕްޑޭޓެއް އާދޭތޯ ބަލަން ތެދުވެ އެވެ. މިކަމުގައި ބޮޑަށް އުޅެނީ ފިރިހެން ކުދިންނަށްވެސް ކުރެ ގިނައިން އަންހެން ކުދިން ކަމަށް ބުނެފައިވެ އެވެ.
އުމުރުން 12 އަހަރާއި 15 އަހަރުގެ 900 އަށްވުރެ ގިނަ ކުދިން ބައިވެރިކޮށްގެން ކުރި މި ދިރާސާގައި ބުނެފައިވަނީ އެގޮތަށް ސޯޝަލް މީޑިއާ ޗެކް ކޮށްލަން ހޭލާ ކުދިންނަށް ހެނދުނު ހޭލަންޖެހޭ ގަޑިއަށް ހޭލުމުގައި އުނދަގޫވާ ކަމަށެވެ. އަދި ސްކޫލްގައި ކިޔެވުމަށް ދޭންވާ ސަމާލުކަން ނުދެވޭ ކަމަށް ބުނެފައިވެ އެވެ.
ދިރާސާ ކުރި ފަރާތުން ބުނީ ރޭނގަޑުގެ ހަމަ ނިދި ނުލިބޭނަމަ ފުރާވަރު އުމުރުގެ ކުދިންނަށް ލިބެންޖެހޭ އުފާވެރިކަން ގެއްލި ރަނގަޅު ސިއްހަތެއްގައި ހުރުމަށް ހުރަސްތަކަކާއި ކުރިމަތި ލާންޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް