އައްޑޫ ސިޓީގައި ނުކުޅެދޭ މީހާ ރޭޕް ކުރި މައްސަލައިގަ ދެ މީހަކު ހައްޔަރު ކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނަކު ރޭޕް ކުރި މައްސަލައިގަ ދެ މީހަކު ހައްޔަރުކޮށްފި އެވެ. މިކަން ހިނގާފައިވަނީ އިއްޔެ އެވެ. މި ހާދިސާގައި ރޭޕް ކޮށްފައިވަނީ 48 އަހަރުގެ ނުކުޅެދު...

01 Aug 2020 | 14:10

އައްޑޫ ސިޓީ ހިތަދޫގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނަކު ރޭޕް ކުރި މައްސަލައިގަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މިކަން ހިނގާފައިވަނީ އިއްޔެ އެވެ. މި ހާދިސާގައި ރޭޕް ކޮށްފައިވަނީ 48 އަހަރުގެ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ.

ފުލުހުން ބުނީ މި މައްސަލައިގަ މިއަދު ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރު ކޮށްފައިވަނީ އުމުރުން 30 އަހަރާއި 19 އަހަރުގެ ދެ ފިރިހެނުންނެވެ.

މި މައްސަލައިގެ އިތުރު ތަފްސީލް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިދިޔަ މަހުގެ ފަހުކޮޅު ނުކުޅެދުންތެރިކަން ހުންނަ 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކޮށް ބަލިވެއިން މައްސަލައެއްވެސް ވަނީ ފެންމަތިވެފައި އެވެ. މި މައްސަލައިގަ އެ ކުއްޖާގެ ޅިޔަނު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައި އެވެ.

އަދި އެ ކުއްޖާގެ ބަނޑުގައި އޮތް ދަރިފުޅުވަނީ ޑޮކްޓަރުގެ ލަފާގެ މަތިން އެބޯޓުކޮށްލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް