އެމްޑަބްލިޔުއެސްސީގެ "1ހާސް1ހާސް!" ޕްރޮމޯޝަން: ކޮންމެ ހަފްތާއަކު 10 ފަރާތަކަށް 1 ހާސް ރުފިޔާ ލިބުމުގެ ފުރުސަތު

އެމްޑަބްލިޔުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރި 10 ފަރާތަކަށް "އެއްހާސް" ރުފިޔާގެ ގިފްޓް ކާޑެއް ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފިއެވ...

01 Aug 2020 | 13:25

އެމްޑަބްލިޔުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރި 10 ފަރާތަކަށް "އެއްހާސް" ރުފިޔާގެ ގިފްޓް ކާޑެއް ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީން މައުލޫމާތުދެއްވާގޮތުގައި "1ހާސް1ހާސް!"ގެ ނަމުގައި ކުރިއަށްދާ މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކެއް އޯގަސްޓް 2020 ފެށިގެން 30 ސެޕްޓެންބަރ 2020 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ހުރިހާ ފެންބިލަކަށް ފައިސާ ދައްކަވާ ޚަލާސްކުރައްވާ ކޮންމެ ފަރާތަކަށް "1ހާސް 1ހާސް!" ޕްރޮމޯޝަންގައި ބައިވެރިވެލެއްވުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ. އަދި ވަކި މަސްތަކަށް ބަހާލައިގެން ބިލަށް ފައިސާ ދައްކަވަމުންގެންދާ ފަރާތްތަކަށްވެސް އެބޭފުޅުންގެ ޑިޔު ވެފައިވާ ބިލްތަކަށް ފައިސާ ދައްކަވައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެލެއްވޭނެއެވެ. އަދި ހަމައެހެންމެ، ރ. ދުވާފަރުގެ ޔޫޓިލިޓީ ބިލްގައި ހިމެނޭ ހުރިހާ ހިދުމަތްތަކެއްގެ ބިލްތައްވެސް މި ޕްރޮމޯޝަންގައި ހިމެނޭނެ ކަމުގައި އެމްޑަބްލިޔުއެސްސީން ބުނެއެވެ.

"1ހާސް1ހާސް!" ޕްރޮމޯޝަންގައި ބައިވެރިވެލެއްވުމަށް އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕް އާއި، އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް އަދި ޗެކް ނުވަތަ ނަގުދު ފައިސާއިންވެސް ކަސްޓަމަރުންނަށް ފެން ބިލަށް ފައިސާ ދެއްކެވިދާނެއެވެ. މި ޕްރޮމޯޝަން އަކީ މާލެ' ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެމްޑަބްލިޔުއެސްސީއިން ފެނާއި ނަރުދަމާގެ ހިދުމަތްދޭ ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުއްޓަށް އަމާޒުކޮށް ކުރިއަށްގެންދާ ޕްރޮމޯޝަން އެއް ކަމުގައި އެމްޑަބްލިޔުއެސްސީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް