އަދީބު އިންޑިއާގެ ހިމާޔަތަށް އެދިވަޑައިގެންފި

ޓަގް ބޯޓެއްގައި ރާއްޖެއިން ފިލައިގެން އިންޑިއާއަށް ގޮސްފައިވާ، ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޢަފޫރު އިންޑިއާގެ ސިޔާސީ ހިމާޔަތަށް އެދިވަޑައިގެންފިއެވެ. މިކަން ހާމަކޮށްފައިވަނީ އ...

01 Aug 2019 | 17:57

ޓަގް ބޯޓެއްގައި ރާއްޖެއިން ފިލައިގެން އިންޑިއާއަށް ގޮސްފައިވާ، ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޢަފޫރު އިންޑިއާގެ ސިޔާސީ ހިމާޔަތަށް އެދިވަޑައިގެންފިއެވެ.

މިކަން ހާމަކޮށްފައިވަނީ އަދީބުގެ ދިފާއުގައި މަސައްކަތް ކުރަމުން އަންނަ އިންޓަނޭޝަނަލް ޗެމްބާސް އިން ނެރެފައިވާ ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވާގޮތުގައި އަދީބު އިންޑިއާއަށް ވަޑައިގެންނެވީވެސް އިންޑިއާގެ ސިޔާސީ ހިމާޔަތަށް އެދިވަޑައިގެން ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވާގޮތުގައި އަދީބުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ސާބިތު ނުވާ މައްސަލަތަކެއްގައެވެ. އަދީބު ލައްވާ ގަދަކަމުން ލިޔެކިޔުމެއްގައި ސޮއި ކުރަން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކޮށްފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އިންޑިއާގެ ސިޔާސީ ހިމާޔަތަށް އަދީބު އެދިލެއްވީ އަދީބަށް ރާއްޖެއިން އިންސާފު ލިބޭނެ ކަމުގެ އުންމީދެއް ނެތުމުން ކަމުގައިވެސް ބުނެފައިވެއެވެ.

ރާއްޖެއިން ފިލައިގެން ޓަގްބޯޓެއްގައި އިންޑިއާގެ ސޫތުކުޅި ބަނދަރުން އަދީބު ދިޔައީ މިއަދުގެ ވަގުތެއްގައެވެ. އިންޑިއާއިން އަދީބު ހައްޔަރުކޮށްފައިވަނީ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް