ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިލައިގެން ގޮސް އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އިންޑިއާ ފުލހުން ހައްޔަރުކޮށްފައިވާއިރު އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
"އަހްމަދު އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް އެކުވެރި ގައުމުތަކާއި ގުޅިގެން މި ސާވިސް އިން މި ގެންދަނީ ކުރަމުންނެވެ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އަދީބު ފިލުވުމުގައި ބައިވެރިވެ އެހީތެރިވި ފަރާތްތަކުގެ މައްސަލަ ތަހްގީގުކޮށް އެ ފަރާތްތަކާއިމެދު ގާނޫނުގައިވާގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.
އިންޑިއާގެ ސޫތުކުޅި ބަނދަރުން އަދީބު އަތުލައިގަތީ ރާއްޖެއިން އިންޑިއާއަށް ދިޔަ ޓަގު ބޯޓެއްގައި އެ ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގައި އަދީބު ވަގަށް އެ ގައުމަށް އެތެރެވާން އުޅެނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް