މިއަދު އުރީދޫގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުން ދާއިރު، އުރީދޫ އިން އަހަރީ ދުވަސް ފާހަގަކުރަން ރޭ ވަނީ ފަށާފައެވެ. އެގޮތުން ރޭ އެންމެ ފުރަތަމަ އުރީދޫ އިން ވަނީ މަގުމަތި ކުނިކަހަން އުޅޭ އަންހެން ކަނބަލުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބޮނޑިބަތް ބަހާފައެވެ.
އުރީދޫ އިން ރޭ ވަނީ މާލެ އާއި ވިލިމާލޭގައި މަސައްކަތް ކުރަމުންދާ ވެމްކޯގެ އަންހެން މުވައްޒަފުންނާއި ބައްދަލުކޮށް ބޮނޑިބަތް ބަހާފައެވެ.
އުރީދޫ އިން ބުނީ، ރޭގަނޑު ދަންވަރު ކުނިކަހަން އުޅޭ ކަނބަލުންނަކީ ވަރަށް ބުރަ މަސައްކަތެއް ކުރާ ބައެއް ކަމަށާއި، އެއީ މި މުޖުތަމައަށް ވަރަށް ބޭނުންތެރި ބައެއް ކަމަށެވެ. އެހެންކަމުން އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތައް މި ފެށީ އެމީހުންގެ އަގު ވަޒަން ކުރަމުން ކަމުގައެވެ.
https://twitter.com/OoredooMaldives/status/1156649970386124801
އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށް އުރީދޫ އިން ބުނެއެވެ. މި ހަރަކާތްތަކާއި ގުޅޭ ހަބަރުތައް ކިއުންތެރިންނާ ހަމައަށް ދުވަސް ނޫހުން ގެނެސްދޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް