ސީރިޔާގެ ކޭމްޕެއްގައި އިންޑޮނޭޝިއަށް އަށް އުފަން މާބަނޑު އަންހެނަކު ތަޅާ، މަރާލައިފިއެވެ.
މި އަންހެން މީހާ އަކީ އައިއެސް އަށް ނިސްބަތްވާ އަންހެނެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ސީރިއާގެ އަލް-ހޮލް ކޭމްޕުގައި ހުރި މި ރެފިއުޖީ އަންހެން މީހާގެ ބަނޑަށް ހަ މަސް ވެދާނެ ކަމަށް އަންހެން މީހާގެ އޮޓޮޕްސީ ހެދި ޑޮކްޓަރު ވަނީ ބުނެފައެވެ.
އޮޓޮޕްސީ ރިޕޯޓު ބުނާގޮތުގައި، އަންހެން މީހާ މަރުވެފައި ވަނީ އަނިޔާ ކުރުމުގެ ސަބަބުންނެވެ. އަނިޔާ ކޮށްފައިވާ ކަމުގެ ނިޝާންތައް ވެސް މި އަންހެން މީހާގެ ހަށިގަނޑުން ވަނީ ފެނިފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، އަންހެން މީހާ އަށް އަނިޔާކޮށްފައި ވަނީ ސީރިއާ ސިފައިންނެވެ. ނަމަވެސް އަންހެން މީހާ އަށް އަނިޔާ ކުރީ ކީއްވެކަން އެނގިފައެއް ނުވެއެވެ.
ސީރިއާގެ އަލް-ހޮލް ކޭމްޕުގައި 90 އިންސައްތައަށް އުޅެނީ އަންހެނުންނާއި ކުޑަކުދިންނެވެ. އަންހެނުނަށް އަނިޔާކޮށް ރޭޕް ކުރުމަކީ މި ކޭމްޕުގައި ވަރަށް އާންމު ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑޮނޭޝިއާ އަށް ނިސްބަތްވާ 50 އިންސައްތަ އައިއެސް މެމްބަރުން ރެފިއުޖީންގެ ގޮތުގައި ސީރިއާގެ ކޭމްތަކުގައި އުޅެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް