ރައީސްގެ ދެކަނބަލުން ސީޝެލްސް އަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އިބްރާހިމް، ސީޝެލްސްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި އެގައުމަށް ފުރާވަޑައިގެންފިއެވެ. ސީޝެލްސް އަށް ރައީސްގެ ދެ ކަނބަލު...

01 Aug 2019 | 05:58

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އިބްރާހިމް، ސީޝެލްސްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި އެގައުމަށް ފުރާވަޑައިގެންފިއެވެ.

ސީޝެލްސް އަށް ރައީސްގެ ދެ ކަނބަލުން ކުރައްވާ މި ދަތުރުފުޅުގައި، ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ހިމެނޭ ވަފުދެއްވެސް ރައީސްގެ އަރިހުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ޑެނީ ފޯރޭގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ރައީސް ސީޝެލްސްއަށް ކުރައްވާ މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ބައެއް އެއްބަސްވުން ތަކުގައި ސޮއިކުރެއްވުމާ، ދެޤައުމުގެ މެދުގައި މަތީފެންވަރުގެ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް