ސްޓޫޑެންޓް އޮފް ދަ އިޔަރ 2 ން ކަރަން ޖޯހަރު އިޝާން އަށް ފުރުސަތު ނުދިން ސަބަބު އިނގޭތަ؟

މިދުވަސް ވަރު އެންމެ ފޯރީގައި އެ އެކްޓަރެއްގެ ވާހަކަ އެންމެ ގިނައިން ދައްކާ ތަރިޔަކަށް ވާނީ އިޝާން ކައްތަރުގެ ވާހަކައެވެ. ގިނަ އަންހެންކުދިންތަކެއްގެ ލޯ އަމާޒުވެފައިވާ އިޝާން އަކީ ބޮލީވުޑްގެ އެކްޓަރ ޝ...

01 Aug 2018 | 07:22

މިދުވަސް ވަރު އެންމެ ފޯރީގައި އެ އެކްޓަރެއްގެ ވާހަކަ އެންމެ ގިނައިން ދައްކާ ތަރިޔަކަށް ވާނީ އިޝާން ކައްތަރުގެ ވާހަކައެވެ. ގިނަ އަންހެންކުދިންތަކެއްގެ ލޯ އަމާޒުވެފައިވާ އިޝާން އަކީ ބޮލީވުޑްގެ އެކްޓަރ ޝާހިދު ކަޕޫރުގެ އެއް ބަނޑު ކޮއްކޮއެވެ. ދާދިފަހުން ރިލީޒްކޮށްފައިވާ އިޝާން އާއި ޖާންވީ ކަޕޫރުގެ ފިލްމު ދަޅަކް ގެ ކާމިޔާބީއާ އާއެކު އިޝާންގެ ވާހަކަދައްކާލެއް މިވަނީ ގަދަވެފައެވެ.

އެހެންނަމަވެސް ދައްކަން މިއުޅެނީ ދަޅަކް ގެ ވާހަކައެއް ނޫނެވެ. ކަރަން ޖޯހަރްގެ ސްޓޫޑެންޓް އޮފް ދަ އިޔަރ 2 އިން އިޝާން އަށް ޖާގަ ނުލިބުނީ ކޮން ސަބަބަކާ ހެދިދޯތޯއެވެ. ރިޕޯޓްތައް ބުނާގޮތުގައި އިޝާން އަށް ސްޓޫޑެންޓް އޮފް ދަ އިޔަރ 2 އިން ކަރަން ފުރުސަތު ނުދިނީ އިޝާން ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖާގެ ސަބަބުންނެވެ. އިޝާން ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ސްޓޫޑެންޓް އޮފް ދަ އިޔަރ 2 އިން ފެނިގެންދާ ތާރާ ސުތާރިއާ އެވެ. މިދެމީހުންގެ ލޯބީގެ ގުޅުން ނިމުމަކަށް އައިސްފައިވާއިރު އެ ގުޅުން ނިމިގެންދިޔައީ މާ ރަނގަޅު ގޮތަކަށް ނޫންކަމަށްވެއެވެ. އެހެންކަމުން ސްޓޫޑެންޓް އޮފް ދަ އިޔަރ 2 އިން މި ދެމީހުންނަށް ފުރުސަތު ދޭން ކަރަން ބޭނުންނުވީކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އިޝާން އަށް ސްޓޫޑެންޓް އޮފް ދަ އިޔަރ 2 އިން ފުރުސަތު ނުލިބުނަސް އިޝާން އެންމެ ފަހުން ކުޅެފައިވާ ފިލްމު ދަޅަކް އަށް މިވަނީ ބެލުންތެރިންގެ އާނ ބަސް ލިބިފައެވެ. އެހެންކަމުން އިޝާންގެ ކެރިއަރަށް މިކަމުން މާ ބޮޑު އަސަރެއް ނުކޮށް ސަލާމަތްވާނެ މަގުމިވަނީ ތަނަވަސް ވެފަތާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް