މީގެ 13 އަހަރު ކުރިން ވަތަނިއްޔާ މޯލްޑިވްސް ގެ ނަމުގައި ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭން ފެށި ކުންފުނީގެ ނަން އުރީދޫ މޯލްޑިވްސް އަށް ބަދަލުވެ ތަފާތު އެތައް ބަދަލުތަކެއް ދިވެހީންގެ މުވާސަލާތީ ހިދުމަތަށާއި އިޖްތިމާއީ ދިރިއުޅުމަށް ގެނުވައިފި އެވެ.
ފާއިތުވެ 13 އަހަރުގެ ތެރޭގައި މުވާސަލާތީ އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއެކު ދިވެހިންގެ ދިރިއުޅުން އުރީދޫން ބަދަލުކޮށްދީފައިވާއިރު މުވާސަލާތީ ހިދުމަތަށް އައިސްފައިވާ ޒަމާނީ ކުރިއެރުން ދައްކުވައިދެނީ އުރީދޫއިން އެ ކުންފުންޏަށް 13 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ކުންފުނީގެ ފޭސްބުކް ޕޭޖަށް އަޕްލޯޑްކޮށްފައިވާ ވީޑިއޯއިންނެވެ.
ހަނދާނަށް އަންނަނީ މީގެ 10 އަހަރު ކުރިން ދިވެހިންގެ ދުލު ކުރިން ޖާގަ ހޯދި އޭރު ވަތަނިއްޔާ މޯލްޑިވްސްގެ "ހަސަނައްތަ؟ އާނ މަޑުކޮށްލާ!" މި އިސްތިހާރެވެ. ފޯނު ރިންގުވާން ފެށުމުން އަންހެނަކު ފޯނު ނަގާފައި "ހަސަނައްތަ؟ އާނ މަޑުކޮށްލާ!" މިހެން ބުނެ ރާއީ އަށް ގޮވާލައި ރާއީ އަތަށް ފޯނު ދިނުމުން ރާއީވެސް "ހަސަނައްހޭ އާނ މަޑުކޮށްލާށޭ ބުނެ ސައިކަލެއްގައި އުޅޭ ދެމީހަކަށް އެ ފޯނު ދެ އެވެ. އެ ދެމީހުން ފޯނު ގެންގޮސް ދެނީ މާލެއިން ނައްޓާލާ ފެރީއަކަށެވެ. ފެރީގައި ހުރިމީހާވެސް ބުނަނީ ހަސައްނައް ހެއްޔޭ މަޑުކޮށްލާށޭ އެވެ. އެއަށް ފަހު ހަސަނާއި ހަމައަށް ފޯނު ފޯރަނީ ފެރީގައި ހުރި މީހާ ޑިންގީއެއްގައި ދިޔަ މީހެއްގެ އަތަށް ފޯނު ދިނުމަށްފަހު ހަސަނާއި ހަމައަށް ފޯނު ފޯރުކޮށްދިނުމުންނެވެ. ހަސަނު އިސްތިހާރު ނިންމާލަނީ ހަލޯ ކިޔުމަށްފަހު ވަރުގަދަ ހިނިގަނޑަކާއި އެކުގައި އެވެ.
މީގެ 10 ވަރަކަށް އަހަރު ކުރީގައި އެމީހަކު ހުރި ތާކަށް ފޯނު ފޯރުކޮށްދޭން ނުވަތަ އެމީހަކު ހޯދަން މީހަކު ގުޅާކަން އަންގައިދޭން އޮތީ އެގޮތެވެ. ޖެހެނީ އެމީހަކު ހުރިތަނެއް ހޯދާށެވެ. ހުރި ތަނެއް އެނގިއްޖެ ނަމަ ކުރީގެ އިސްތިހާރުގައިވާގޮތަށް ދުވެފަ ގޮސް ފެރީއަކަށް ފޯނު ލައި، ޑިންގީއަކަށް ބަދަލުކޮށް ހަސަނު ހުރި ފަޅުރަށަށް ފޯނު ފޯރުކޮށްދެވިދާނެ އެވެ. ނަމަވެސް ހަސަނު ދިޔަ ތަނެއް ގޭ މީހުން ގާތު ނުބުނެ ދިޔަ ނަމަ އޭރަކު ހަސަނާއި ހަމައަށް ކޯލު ފޯރުކޮށްދޭނެ ގޮތެއް ނެތެވެ.
ނަމަވެސް މިހާރު ހަސަނު ހޯދަން އުނދަގޫ ނޫންކަން އަދި ހަސަނާއި ހަމައަށް ވާސިލުވުމަކީ އިނގިލީގެ ކުރިން ކޮށްލެވިދާނެ ކަމެއްކަން އުރީދޫގެ އައު އިސްތިހާރުން ދައްކުވައި ދެ އެވެ.
ހަސަނަށްހޭ ބުނެ ފޯނު ނަގާފައި އަންހެނުން ރާއީއަށް ގޮވާލުމަށްފަހު ހަސަނު ކޮބައިހޭ ރާއީ ގާތު އަހާލުމުން އެބަ ބަލައިލަމޭ ބުނެ ވައިބާއިން ރާއީ ފޮނުވާލަނީ "ކޮބާ ހަސަނު" ސްޓިކާ އެކެވެ. އުރީދޫއިން ވަނީ ދިވެހިންނަށް ހާއްސަ ސްޓިކާތަކެއް ތައާރަފް ކޮށްފަ އެވެ. ރާއީގެ ވައިބަރ ސްޓިކާ ފެނި "ކޮބާ ހަސަނު؟" ލިޔެފައި ޓްވީޓެކެވެ. އިސާހިތަކު އެކަން ވައިރަލްވެ ހޭޝްޓެގަކަށް ބަދަލުވެ ރަށެއްގެ ގޮނޑުދޮށުގައި ހަސަނު ހުއްޓާ މީހަކު ފޭސްބުކުން ވީޑިއޯ ލައިވް ކޮށްލާފައި ފޯނު ހަސަނު އަތަށް ދެ އެވެ. ހަލޯ! އޭ ބުނެ މި އިސްތިހާރުވެސް ނިންމާލަނީ ހަސަނުގެ ވަރުގަދަ ހިނިގަނޑުންނެވެ.
އުރީދޫގެ އައު އިސްތިހާރުގައި ދައްކުވާދީފައިވާ ފަދައިން މުއާސަލާތީ ހިދުމަތަށް އައި ތަރައްގީއާއި ކުރި އެރުމާއެކު ކަންކަން މިވަނީ ފަސޭހަ ވެގެން ގޮސްފަ އެވެ. ކަސްޓަމަރުންނަށް ބޭނުންވާނެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް އުރީދޫއިން ތައާރަފްކޮށްދެމުން އަންނައިރު ހަމަ ހަގީގަތުގައިވެސް މިއަދު އަޅުގަނޑުމެން މުވާސަލާތު ކުރުމުގެ މުޅި ވައްޓަފާޅި އުރީދޫއިން ފާއިތުވި 13 އަހަރުގެ ތެރޭގައި ބަދަލުކޮށްލައިފި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް