އދ. އޮމަދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުން ތަކަކަށް ބިރުދެއްކި މައްސަލައެއްގައި އެ ރަށުގެ ކައުންސިލަރަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ތަކުރާރުކޮށް ބަޔަކަށް ބިރުދައްކާ އިންޒާރުދިން މައްސަލައެއްގައި މިއަދު ހަވީރު 5:48 ހާއިރު ކޯޓު އަމުރެއްގެ ދަށުން އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އެއީ ކައުންސިލަރެއްކަން ނުވަތަ ނޫންކަން ފުލުހުން ހާމައެއް ނުކުރެއެވެ.
އެހެން ނަމަވެސް ދުވަހަށް ކަށަވަރުވެފައިވާގޮތުގައި ހައްޔަރުކުރި އެމީހާއަކީ އެ ރަށު ކައުންސިލް މެމްބަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް