ސިކުނޑި ހަމަނުޖެހޭ މީހަކު މިރޭ ބަރަހަނާ ހާލުގައި މާލޭގެ މަގުމައްޗަށް

މިރޭގެ ވަގުތެއްގައި މާލޭގެ މަގުމަތީގައި ބަރަހަނާ ހާލުގައި އުޅުނު މެދު އުމުރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށުން އާއިލާއާއި ހަވާލުކޮށްފިއެވެ. މިރޭ 06:46 ހާއިރު އެ މީހާ ހައްޔަރުކޮށްފައިވަނީ އަމީނީ ...

01 Jul 2019 | 18:17

މިރޭގެ ވަގުތެއްގައި މާލޭގެ މަގުމަތީގައި ބަރަހަނާ ހާލުގައި އުޅުނު މެދު އުމުރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށުން އާއިލާއާއި ހަވާލުކޮށްފިއެވެ.

މިރޭ 06:46 ހާއިރު އެ މީހާ ހައްޔަރުކޮށްފައިވަނީ އަމީނީ މަގުންނެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މީހާއަކީ ސިކުނޑި ހަމަނުޖެހޭ މީހެކެވެ.

"އޭނާ ގޭގައި ހުރެފައި ދުވެފައި މަގުމައްޗަށް ނިކުތް ކަމަށް މައުލޫމާތު ލިބިފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި މީހާ ފުލުހުންގެ ބެލުމުގެ ދަށުން އަތޮޅު ވެއްސަށް ގެންދިއުމަށްފަހު މުންޑެއް ލައްވައިގެން ގެންގޮސް މިހާރު ވަނީ އާއިލާއާއި ހަވާލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް