ގދ. ވާދޫގައި ޓޫރިޒަމް ތަރައްގީ ކުރުމުގެ ހުއްދަ ރައިސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހް ދެއްވައިފިއެވެ.
މިކަން ހާމަކުރައްވާ ޓޫރިޒަމް މިނިސްޓްރީން ނެރުނު ކުރު ބަޔާނުގައި ބުނެފައިވަނީ ޓޫރިޒަމް ތަރައްގީ ކުރަން އެ ރަށުގެ ބިނާވެށީގެ ޕްލޭނާ އެއްގޮތަށް 5000 އަކަފޫޓުގެ 16 ޕްލޮޓް ދޫކޮށްފައިވާނެ ކަމަށެވެ.
އެގޮތުން އެ ބިންތައް ބީލަމުގެ އުސޫލުން ދޫކުރުމުގެ ކަންކަން ރަށުގެ ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ވާދޫގެ އާބާދީއަކީ 1496 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް