ރައީސް ސިންގަޕޫރްގެ ވެރިންނާ ބައްދަލު ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސިންގަޕޫރުގެ ރައީސް ހަލީމާ ޔައުގޫބާއި ބޮޑުވަޒީރު ލީ ހައިސެން ލޯންގްއާ މިއަދު ބައްދަލުކުރައްވައިފި އެވެ. ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން މިހ...

01 Jul 2019 | 09:05

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސިންގަޕޫރުގެ ރައީސް ހަލީމާ ޔައުގޫބާއި ބޮޑުވަޒީރު ލީ ހައިސެން ލޯންގްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ދެ ބޭފުޅުންނާ ބައްދަލުކުރެއްވީ އެ ގައުމުގެ ރައީސްގެ ރަސްމީ ގެކޮޅު، އިސްޓާނާގަ އެވެ.

އެ ބައްދަލުކުރެއްވުމުގައި، ދެ ގައުމުގައި ހުރި އާއްމު މައްސަލަތަކާއި އެކަންތައް ހައްލުކުރަން ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ވިޔަފާރީގެ ގުޅުންތަކާއި ޓެރަރިޒަމާއި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މަސައްކަތްކުރުން ހިމެނެ އެވެ.

ރައީސް ވަނީ ރާއްޖޭގެ ހިންގުމާއި ދެމެހެއްޓެނިވި ތަރައްގީއަށް ދެ އަހަރު ވަންދެން ފަންނީ އެހީތެރިކަން ދޭން ނިންމުމުން ސިންގަޕޫރުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ. އޭގެ އިތުރުން ފެނާއި ކުނި މެނޭޖްކުރުމާއި އުމްރާނީ ތަރައްގީ އާއި ގެދޮރުގެ މައްސަލަތަކަށް އެހީތެރިވެދޭން ނިންމާފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް