ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ގާޑިޔާތަކެއް ނަގައިފި

މާލެ ސިޓީގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ 8 ގާޑިޔާއެއް މާލެ ސިޓީ ކައުންސިލުން ނަގާފައި ވާކަމަށް އެ ކައުންސިލުން ބުނެފިއެވެ. މި ގާޑިޔާތައް ނަގާފައި ވަނީ ދެފަހަރުގެ މަތިން ނޯޓިސް ފޮނުވުމަށްފ...

01 Jul 2019 | 08:40

މާލެ ސިޓީގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ 8 ގާޑިޔާއެއް މާލެ ސިޓީ ކައުންސިލުން ނަގާފައި ވާކަމަށް އެ ކައުންސިލުން ބުނެފިއެވެ.

މި ގާޑިޔާތައް ނަގާފައި ވަނީ ދެފަހަރުގެ މަތިން ނޯޓިސް ފޮނުވުމަށްފަހުގައެވެ.

އެ ކައުންސިލުން ބުނިގޮތުގައި، ގިނަ ގާޑިޔާތަކުގައި މަސައްކަތް ކުރަނީ ބިދޭސީން ކަމަށާއި، ގާޑިޔާތަކުގެ ސާފުތާހިރުކަން ކުޑަ ކަމަށް ފާހަގަކުރެވެއެވެ. އަދި އެފަދަ ގާޑިޔާތަކަކީ ކޮބައިކަން ދެނެގަނެ، ގަވާއިދާ ހިލާފަށް ހިންގާ ގާޑިޔާތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެކައުންސިލުން ބުންޏެވެ.

އާންމުގޮތެއްގައި ގާޑިޔާތަކުގެ ނުތާހިރުކަމުގެ ވާހަކަ ގިނަބަޔަކު ދައްކައެވެ. ގާޑިޔާތައް ހިންގަނީ ދިވެހި އުފެއްދުންތައް މާކެޓް ކުރުމަށް ކަމުގައި ވީނަމަވެސް، ގިނަ ވިޔަފާރިވެރިން އެކަމުން ނާޖައިޒު ފައިދާ ނަގަމުންދާކަމަށް ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ. އެގޮތުން، ހުއްދަ ދީފައިވާ މިންވަރަށްވުރެ ގިނައިން ގާޑިޔާ ބަހައްޓައި، ބިދޭސީން ލައްވައި ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރުވާކަމުގެ ޝަކުވާ މީގެ ކުރިން އެކައުންސިލަށް ލިބިފައިވާކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް