ޖޭޕީ އިން ނައިބު ރައީސެއް ހޯދަނީ

ޖުމްހޫރީ ޕާޓީ އިން އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. ޖޭޕީ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީގެ ކޮންމެ މެމްބަރަކަށްވެސް މިމަހުގެ 4 ވަނަ ދުވަހުގެ ކުރިން އެ މަގާމަށް...

01 Jul 2019 | 06:45

ޖުމްހޫރީ ޕާޓީ އިން އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ޖޭޕީ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީގެ ކޮންމެ މެމްބަރަކަށްވެސް މިމަހުގެ 4 ވަނަ ދުވަހުގެ ކުރިން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮތް ކަމަށެވެ. އެގޮތުން މިމަހުގެ 4 ވަނަ ދުވަހުގެ 15:00 ގެ ކުރިން، ކުރިމަތިލާން ބޭނުންވާ ފަރާތުގެ ވަނަވަރާއި، ޕާސްޕޯޓު ސައިޒު ފޮޓޯއެއް ޖޭޕީގެ އޮފީހަށް ފޮނުވަން އެ އިއުލާނުގައި ވަނީ ބުނެފައެވެ.

ޕާޓީގެ ލީޑަރަކީ ގާސިމް އިބްރާހިމް ނަމަވެސް، އެ ޕާޓީގެ ރައީސަކީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އެންމެ ފަހުން އެ ޕާޓީގެ ނައިބު ރައީސަކަށް ހުންނެވީ މިހާރު ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑރ. އަބްދުﷲ މައުސޫމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް