މަގޫދޫ ކައުންސިލް އިދާރާގެ ގާޑު ބަނުމަށްފަހު އެ އިދާރާގެ ތިޖޫރި ފަޅާލައިފި

ފ. މަގޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓަން ހުރި ގާޑު ބަނުމަށްފަހު އެ އިދާރާ ފަޅާލައި އެ އިދާރައިގެ ތިޖޫރި ފަޅާލައި ވައްކަން ކޮށްފިއެވެ. މިކަން ކޮށްފައިވަނީ ރޭ ދަންވަރު 03:30 ހާއިރު ކަމަށް ފ...

01 Jul 2019 | 03:44

ފ. މަގޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓަން ހުރި ގާޑު ބަނުމަށްފަހު އެ އިދާރާ ފަޅާލައި އެ އިދާރައިގެ ތިޖޫރި ފަޅާލައި ވައްކަން ކޮށްފިއެވެ.

މިކަން ކޮށްފައިވަނީ ރޭ ދަންވަރު 03:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެ އިދާރާ ފަޅާލައި އެތަނުގެ ތެރެއަށް ވަދެ، އެ އިދާރާގެ ތިޖޫރި ހަލާކުކޮށްލައިގެން ތިޖޫރީގައި ހުރި ފައިސާ ވަގަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވެއެވެ.

މިހާތަނަށް ބެލި ބެލުމުން އެ ތިޖޫރި ހަލާކުކޮށްލައިގެން ފައިސާ ވަގަށް ނެގީ އެ އިދާރާގެ ސެކިއުރިޓީ ގާޑު ބަނުމަށްފަހު އެތަނުގެ ދޮރު ހަލާކުކޮށްލައިގެން ކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން، މަގޫދޫ ކައުންސިލް އިދާރާއާއި ހަވާލާދީ ބުނެފައިވާގޮތުގައި އެ ތިޖޫރީގައި ހުރީ މަދު އަދަދެއްގެ ފައިސާ އެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް