އިސްލާހު ކުރުމަށް ފަހު ވޯޓާސް ލިސްޓު އާންމު ކޮށްފި

ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ހުށަހެޅި ޝަކުވާތައް އިސްލާހު ކުރުމަށް ފަހު ވޯޓާސް ލިސްޓު އާންމު ކޮށްފި އެވެ. މިދިޔަ މަހުގެ 10 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ...

01 Jul 2018 | 15:41

ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ހުށަހެޅި ޝަކުވާތައް އިސްލާހު ކުރުމަށް ފަހު ވޯޓާސް ލިސްޓު އާންމު ކޮށްފި އެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ވަގުތީ ވޯޓާސް ލިސްޓަށް 1778 ޝަކުވާ ހުށަހަޅާފައިވެ އެވެ. މައިގަނޑު ގޮތެއްގައި ޝަކުވާ ހުށަހަޅާފައިވަނީ 18 އަހަރު ނުފުރޭ މީހުން ލިސްޓުގައި ހިމަނާފައިވުމާއި މަރުވެފައިވާ މީހުންގެ ނަން ލިސްޓުގައި ހުރުމެވެ.

އީސީން މިއަދު އާންމު ކުރި ލިސްޓުގައި ޖުމްލަ 734 އިސްލާހެއް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރަޖިސްޓްރީ ބަދަލުވެގެން ގެނެސްފައިވާ 152 މީހެއްގެ ނަމާއި، މަރުވެފައިވާތީ ލިސްޓުން އުނިކޮށްފައިވާ 310 މީހުންގެ ނަމެވެ. އަދި ވަގުތީ ލިސްޓުގައި ނުބައި ޖިންސެން ޖެހިފައިވާތީ ތިން މީހެއްގެ ނަން ވަނީ އިސްލާހު ކޮށްފައި އެވެ. މީގެ އިތުރުން އުފަން ތާރީހު ނުބައިކޮށް ޖެހިފައިވާތީ ދެ މީހެއްގެ ނަން ވަނީ އިސްލާހު ކޮށްފައި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު އާންމު ކުރި ލިސްޓުގައި މައްސަލައެއް އުޅޭނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އާންމު ކުރާނީ ދާއިމީ ވޯޓާސް ލިސްޓު ކަމަށާއި އެ ދުވަހުގެ ފަހުން އިތުރު ޝަކުވާއެއް ބަލައި ނުގަންނާނެ ކަމަށެވެ.

އިލެކްޝަންސް އިން އާއްމުކޮށްފައިވާ ވޯޓާސް ލިސްޓުގައިވާ ގޮތުން، ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 263،000 މީހުންނަށް ލިިބިގެންވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް