އިދިކޮޅު ކޯލީޝަންގެ ކެނޑިޑޭޓަކީ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ކަމުގައި ކަނޑައަޅާފައިވާއިރު ޕްރޮފެޝަރު އުގެއިލް އިބޫ އަށާއި އަލީ ހުސެއިން އަށް ތާއީދުކޮށްފި އެވެ.
އުގެއިލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަންނަ ރިޔާސީ އިންތިހާބުގައި އިބޫ އާއި އަލީ ހުސެއިން އެކުގައި ފެނިއްޖެނަމަ އެއީ ވަރުގަދަ އޮޕޮޒިޝަން "ޕެޔަރ" އަކަށް ވެގެންދާނެކަމަށެވެ.
https://twitter.com/ugail/status/1013357903477198848
އުގެއިލް މިހެން ވިދާޅުވެފައިވާއިރު ޖުމްހޫރީ ޕާޓީން އަދި ރަނިންމޭޓަކު ދައްކާފައެއް ނުވެ އެވެ. އިދިކޮޅު ކޯލީޝަނުން ނިންމާފައިވާގޮތުގައި ރަނިންމޭޓަކު ދެއްކުން އޮތީ ޖޭޕީ އަށެވެ.
https://twitter.com/AblhoMP/status/1013361466236432385
ޖޭޕީން ވަކި ގޮތެއް އަދި ނިންމާފައި ނުވި ނަމަވެސް ބައެއް ޗޮއިސްތައް އަންނަނީ ހާމަކުރަމުންނެވެ. އެގޮތުން އެކި ބޭފުޅުން އެކި ބޭފުޅުންނަށް ތާއީދުކޮށް އަންނަނީ ހިޔާލު ފާޅުކުރަމުންނެވެ. އެގޮތުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އަށް އެމްޕީ އަބުޅޯ އާއި އިތުރު ބައެއް އެމްޕީން ތާއީދުކޮށްފައިވާއިރު ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދުގެ ޗޮއިސްއަކީ ގާސިމް އިބްރާހިމްގެ ހަގު އަނބި އައިޝަތު ނަހުލާ (އައިޝާ) އެވެ.
މީގެ އިތުރުން ރަނިންމޭޓް ކަމަށް ބަހުސް ކުރެވޭ ނަންތަކުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމް އާއި ޑެޕިއުޓީ ލީޑަރުންގެ ގޮތގައި ތިއްބެވި ހުސެއިން އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ފަޔާޒް އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރުގެ ނަން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް