ޑިންގީއެއްގެ ބުރަފަތީގައި ޖެހި ޓޫރިސްޓަކު މަރުވެއްޖެ

ދުއްވަމުން ދިޔަ ޑިންގީއެއްގެ ބުރަފަތީގައި ޖެހި ޓޫރިސްޓަކު މަރުވެއްޖެ އެވެ. މިހާދިސާގައި މަރުވެފައިވަނީ ބ. އަތޮޅު ފިނޮޅު ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ ޗައިނާގެ 27 އަހަރުގެ ފިރިހެނެކެވެ. އޭނާ ގައި...

01 Jul 2018 | 10:01

ދުއްވަމުން ދިޔަ ޑިންގީއެއްގެ ބުރަފަތީގައި ޖެހި ޓޫރިސްޓަކު މަރުވެއްޖެ އެވެ.

މިހާދިސާގައި މަރުވެފައިވަނީ ބ. އަތޮޅު ފިނޮޅު ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ ޗައިނާގެ 27 އަހަރުގެ ފިރިހެނެކެވެ. އޭނާ ގައިގަ ޑިންގީގެ ބުރަފަތިން ޖެހުނީ ސްނޯކްލިން ކުރަން އުޅެނިކޮށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށެވެ. މިހާދިސާގައި އޭނާގެ އުމުރުން 24 އަހަރުގެ އަންހެނުން ގައިގަވެސް ޑިންގީގެ ބުރަފަތިން ޖެހުނު ކަމަށާއި އޭނާއަށް ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު މާލެ ގެނެސް ފަރުވާ ދެމުންދާ ކަމަށެވެ.

އަންހެން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބުނު އިރު މޫނުމަތި ކަފައިގެން ގޮސްފަ އިތުރު ޒަހަމްތަކެއް ލިބިފައިވެ އެވެ. ފުލުހުން ބުނީ ފިރިހެން މީހާ ބ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި އެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި ޑިންގީ ދުއްވަން އިނީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަންވެސް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް