ނިހާންގެ ޖަވާބު، ޝަރުތު ހަމަވާނަމަ ވޯޓު ކަރުދާހުގައި ނަން އޮންނާނެ!

މިއަހަރުގެ ރިޔާސީ އިންތިހާބާއި ގުޅުވައިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލުފު މިއަދު ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި ކުރި ސުވާލު ތަކުގެ ޖަވާބު ކޮންމެސް ...

01 Jul 2018 | 08:48

މިއަހަރުގެ ރިޔާސީ އިންތިހާބާއި ގުޅުވައިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލުފު މިއަދު ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި ކުރި ސުވާލު ތަކުގެ ޖަވާބު ކޮންމެސް ވަރަކަށް ދެއްވައިފި އެވެ.

މަހުލޫފު ނިހާނާއި ކުރައްވާފައި ތިން ސުވާލަކީ މިއަހަރުގެ ރިޔާސީ އިންތިހާބު އޮންނާނެތޯ އާއި އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެތޯ އެވެ. އަދި ގާނޫނުގައިވާގޮތަށް ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ގުނާ އިއުލާނު ކުރާނަންތޯ އެވެ.

މި ސުވާލުތަކުގެ ޖަވާބު ދެއްވަމުން ނިހާނު ޓުވިޓާގައި ވިދާޅުވެފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އިންތިހާބު އޮންނާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބަޔާންވެފައިވާ ފަދަ މިނިވަން އިންސާފުވެރިކަން އީސީން ގެންގުޅޭނެ ކަމަށް ނިހާން ވިދާޅުވި އެވެ.

އިބޫގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެތޯ ކުރި ސުވާލަށް ނިހާން ސީދާ ޖަވާބު ދެއްވާފައެއް ނުވެ އެވެ. ބަދަލުގައި ވިދާޅުވެފައިވަނީ ޝަރުތު ހަމަވާ ކެންޑިޑޭޓުންނާއި ރަނިން މޭޓުންގެ ނަން ވެސް ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށެވެ.

ފަހަރުގައި މަހުލޫފު މި ސުވާލު ނިހާން އާއި ކުރެއްވީ ރައީސް މުހައްމަދު ނަޝީދުގެ ނަން ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވާނެ ކަމަށް ނަޝީދު އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ނިންމެވި ދުވަހު ނިހާނު ޓުވީޓު ކުރައްވާފައިވާތީ އެވެ. އެހެންވީމަ އިބޫގެ ނަން ވޯތު ކަރުދާހުގައި އޮންނާނެކަން ނުވަތަ ނޫންކަން މަހުލޫފު ޔަގީން ކުރަން ބޭނުންފުޅުވީ ކަންނޭނގެ އެވެ.

މަހުލޫފު މި ސުވާލު ތައް ނިހާނާއި ކުރައްވާފައިވަނީ މިއަހަރުގެ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނީ 52 ޕަސެންޓުން ކަމަށް ނިހާން އިއްޔެ ވިދާޅުވުމާއި ގުޅިގެންނެވެ. ނިހާން ވިދާޅުވީ ރައްޔިތުން މިހާރު ބޭނުންވަނީ ރައިސް ޔާމީން ގެނެސްދެމުންދާ ތަރައްގީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް