މައުމޫނަށް އިއްވި ޖަލު ހުކުމް އިސްތިއުނާފު ކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އިއްވި އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. ރައީސް މައުމޫނު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ...

01 Jul 2018 | 08:02

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އިއްވި އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ރައީސް މައުމޫނު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.

މި ހުކުމް މައުމޫންގެ މައްޗަށް އިއްވީ އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެވެ. އެ ދައުވާ އުފުލާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެ ތިން ބޭފުޅުން ހައްޔަރުކުރުމަށްފަހު ފޯނު ދޭން ފުލުހުން އެންގުމުން ފޯނު ދީފައިނުވާތީއެވެ.

ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ހައްޔަރު ކުރި މައުމޫން ފޯނު ގެންގުޅުނުކަން ހެކިންގެ ހެކި ބަހުން ސާބިތުވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ހެކިންގެ ބަހަށް ބަލާއިރު މައުމޫނުގެ ފޯނުގައި އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅުން ހުރި ހެކި ހުރި ކަމަށް ބެލެވޭ ކަމަށެވެ.

ދައުވާގައި އެދިފައި ނެތް ކަމަށް ވިޔަސް، މައުމޫނަށް ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދަ އާއި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބާތިލުކުރި ކަމަށް ކަނޑައަޅާފައި އެވެ.

މައުމޫންގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ކުރީގެ ފަނޑިޔާރު އަލީ ހަމީދަށްވެސް މި ހުކުމް އިއްވި އެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް